ބަންގްލާދޭޝް ޕާސްޕޯޓުގައި އިޒްރޭލަށް ދަތުރުކުރުން މަނާކޮށްފި

ބަންގްލާދޭޝް ޕާސްޕޯޓުގައި އިޒްރޭލަށް ދަތުރުކުރުން މަނާކޮށްފި

ގުޅުންހުރި

ބަންގްލާދޭޝް ސަރުކާރުން އިޒްރޭލަށް ދަތުރުކުރުން މަނާކޮށް، އެގައުމުގެ ޕާސްޕޯޓުގައި "އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކަށް" މި އިބާރާތް އަލުން ލިޔުމަށް ނިންމައިފިއެވެ. މިއީ ކުރީގެ ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ 2021 ވަނަ އަހަރު އުނިކުރެއްވި އިބާރާތެކެވެ.

ބަންގްލާދޭޝްގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ނިލީމާ އަފްރޯޒް ނޫސްވެރިންނަށް ހާމަކުރެއްވި ގޮތުގައި މިދިޔަ ހަފުތާގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް ޕާސްޕޯޓުގެ ޑިރެކްޓަރ ޖެނެރަލަށް ވަނީ މިބަދަލު ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަންގާފައެވެ. މިކަން ބަންގްލާދޭޝްގެ ނޫހެއް ކަމަށްވާ "ދަ ޑެއިލީ ސްޓާ" އާދީއްތަ ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ.

މުސްލިމުންގެ އާބާދީ ބޮޑު ޤައުމެއްކަމަށްވާ ބަންގްލާދޭޝްއިން އިޒްރޭލަކީ ދައުލަތެއްކަމަށް ބަލައެއް ނުގަނެއެވެ. އިޒްރޭލާ ދެކޮޅަށް ބަންގްލާދޭޝް ރައްޔިތުންގެ ތާއީދު ފެނިގެން ދިޔައީ ހޮނިހިރު ދުވަހު ޑާކާގައި ބޭއްވުނު މުޒާހަރާގައި ގާތްގަނޑަކަށް ލައްކައެއްހާ މީހުން ބައިވެރިވެ ފަލަސްތީނަށް ތާއީދުކުރިއިރުއެވެ.

ޝައިހް ހަސީނާގެ ވެރިކަމުގައި ޕާސްޕޯޓުން މިއިބާރާތް އުނިކުރި ނަމަވެސް، އޭރު ހަސީނާ ވިދާޅުވެފައިވަނީ ބަންގްލާދޭޝްގެ ފަލަސްތީނާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުނުވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އިޒްރޭލުން 2023 ގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއަށް ދިން ޖަވާބުގައި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 51،000 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ