ޑޮލަރު މާރުކޮށްދޭނެ ކަމަށް ބުނެ އެކިފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ހ. ހަވިއްތަ، އަލީ އާޒިމް (43 އަހަރު) މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް މ. ދިއްގަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން އިޢުލާނުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަލީ އާޒިމްއަކީ ޑޮލަރު މާރުކޮށްދޭނެ ކަމުގެ ހުވަފެން ދައްކައި ގިނަ ބަޔަކު އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ މައްސަލައެއް މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާއިރު، އެމައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ހާޒިރުކުރަން ބޭނުންވާ ފަރާތެކެވެ.
ނަމަވެސް އަލީ އާޒިމް ދިރިއުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އާންމުކޮށް އިޢުލާނުކުރުމަށް ފުލުހުން ނިންމާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި އަލީ އާޒިމް ވަނީ ޑޮލަރު މާރުކޮށްދޭނެކަމުގެ ހުވަފެން ދައްކައި އެކި ފަހަރުމަތިން ގިނަ ބަޔަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިކަމަށް ތުހުމަތުކުރެވެއެވެ.
ކޮމެންޓު ފޮނުވާ