ކޯވިޑް-19: އަހަރުގެ ފުރަތަމަ ދުވަހު 47 މީހުން ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އަހަރުގެ ފުރަތަމަ ދުވަހު 47 މީހުން ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2021 10:00
0

ރާއްޖެއިން އިތުރު 47 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 47 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 25 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 22 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،804 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 9 މީހުންނެވެ، މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،150 އަށް އަރާފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު، މިހާރު އެޢަދަދު ވަނީ 599 އަށް އިތުރު ވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 2،085 ސާމްޕަލައެކު މިހާތަނަށް ޖުމްލަ 318،789 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 48 މީހަކު ވަނީ މިބަލީގައި ނިޔަވެފައެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ. މިވަގުތު ދަރުމަވަންތަ އައިސޫޔައި ދަނީ އެކަކަށް ފަރުވާދެމުންނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނިފައިވަނީ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެއިން 13،804 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެ ތެރޭގައި 8600 އަށްވުރެ ގިނަ ދިވެހިންނާއި 5000 އަށްވުރެ ގިނަ ބިދޭސީން ހިމެނެއެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ބަލީގައި މުޅި ދުނިޔެއިން މިހާތަނަށް 83 މިލިއަޔަނަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.