އެމްޓީސީސީން ފޮއްދޫގައި 6 މަޝްރޫޢުއެއްގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި

އެމްޓީސީސީން ފޮއްދޫގައި 6 މަޝްރޫޢުއެއްގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި

ގުޅުންހުރި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ނ.ފޮއްދޫގައި 6 ތަރައްޤީގެ މަޝްރޫޢުއެއްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި ހާއްސަ އިރުޝާދުފުޅުގެ ދަށުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މަޝްރޫޢުތައް ހުއްޓިފައި ނުވަތަ ނުފެށި ހުރުމުގެ ސަބަބުން އުފެދިފައިވާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތްތަކެއްގެ ގޮތުގައި މި މަޝްރޫޢުތައް ފާހަގަކުރެވެއެވެ.

ނ.ފޮއްދޫގައި ޖުމްލަ 344 މީހުން ދިރިއުޅޭއިރު، މި ތަރައްޤީގެ 6 މަޝްރޫޢުގެ ތެރޭގައި ޕޮލިސް ޕޯސްޓެއް އިމާރާތްކުރުމާއި، ހެލްތް ސެންޓަރަށް ދެ ބުރީގެ އައު އިމާރާތެއް އިތުރުކުރުމާއި، އެއްބުރީގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމާއި، އައުޓްޑޯ ޖިމެއް ތަރައްޤީކުރުމާއި، ކުޑަކުދިންގެ ޕާކެއް އަދި ރަށުގެ ބަނދަރު ތަރައްޤީކުރުން ހިމެނެއެވެ.

ރަށުގެ ރައްޔިތުންނަށް މި މަޝްރޫޢުތައް ތަރައްޤީވުމުން އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. މީގެއިތުރުން، މި ކުންފުންޏަކީ ދިވެހި ރައްޔިތުންގެ އާންމު ދަތުރުފަތުރުގެވެސް އެންމެ މުހިންމު ބައިވެރިޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ