އެމްޑަބްލިއުއެސްސީގެ "އެކުވެރި ރޯދަ 30″ ޕްރޮމޯޝަނުގެ ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފި

އެމްޑަބްލިއުއެސްސީގެ "އެކުވެރި ރޯދަ 30″ ޕްރޮމޯޝަނުގެ ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފި

Author
ހުސައިން
10 އޭޕްރިލް 2025 10:40
0

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ "އެކުވެރި ރޯދަ 30″ ޕްރޮމޯޝަނުގެ ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފި

އެމްޑަބްލިއުއެސްސީއިން މިދިޔަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ "އެކުވެރި ރޯދަ 30″ ޕްރޮމޯޝަނުން ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ތިން ފަރާތަކަށް މިއަދު އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ. މި ޕްރޮމޯޝަނަކީ އެމްޑަބްލިއުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ރަމަޟާން މަހާއި ދިމާކޮށް އެ ކުންފުނިން ހިންގި ޚާއްޞަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުޞަތު ދީފައިވަނީ އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާ ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށެވެ. ނަސީބުވެރިން ހޮވާފައިވަނީ ޓީވީއެމްގެ މިވަގުތު ޕްރޮގްރާމުގައި ބޭއްވުނު ގުރުއަތުންނެވެ.

ޢުމްރާ ދަތުރުގެ ފުރުޞަތު ލިބިފައިވަނީ ދަފްތަރު ނަންބަރު ދރ 1672 ގައި ރަޖިސްޓްރީ ކުރެވިފައިވާ ޝަމްރޫޒް އިބްރާހީމާއި، ތ. ތިމަރަފުށީ އުދަރެސް، މުޙައްމަދު ސަރާޙް އަދި ގ. ރަންދެލިގެ، ޢަލީ ނާޡިމަށެވެ.

އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގގައި ބޭއްވުނު ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވަނީ ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތަކަށް ބައްދަލުކޮށް ލިޔުން ހަވާލުކުރައްވާފައެވެ.

އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ގުރުއަތުން ހޮވުނު ތިން ފަރާތުން ޢުމްރާ ދަތުރުގެ ބޭނުން ހިފަންޖެހޭނީ އިޢުލާންކުރި ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭގައެވެ. އަދި މި ފުރުޞަތު ލިބުނު ފަރާތްތަކަށް ޢުމްރާ ދަތުރު ބޭނުން ނުކުރެވޭ ހާލަތެއްގައި، އެހެން ފަރާތަކަށް އެ ދަތުރު ބަދަލުކުރުމުގެ ފުރުޞަތުވެސް ދެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.