ގޭގެ ވެރިމީހާއަށް އަނިޔާކުރި ހަތަރު މީހުން ދޫކޮށްލައިފި

ގޭގެ ވެރިމީހާއަށް އަނިޔާކުރި ހަތަރު މީހުން ދޫކޮށްލައިފި

ގުޅުންހުރި

ރަމަޟާން މަހުގެ ތެރޭގައި މާލޭގައި ހިނގި އެއް ގެއެއްގެ ވެރިމީހާއަށް އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރެވުނު ހަތަރު މީހުން، ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

ދޫކޮށްލެވުނު މީހުންގެ ތެރޭގައި އަލީ ނަވާފު (21 އަހަރު)، މުހައްމަދު އަޒާން (23 އަހަރު)، އިބްރާހިމް އަހްނަފް (21 އަހަރު) އަދި މުހައްމަދު އަފްލާހު (23 އަހަރު) ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން މީސް މީޑިއާގައި އާންމުވި ވީޑިއޯ ކްލިޕްގައި، ގޭގެ ވެރިމީހާގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް، އޭނާއަށް އަނިޔާކުރަމުންދާ މަންޒަރު ފެންނަ އެވެ. އޭގެތެރޭގައި އެކަކު ހިފަހައްޓައިގެން ތިބެފައި، އިތުރު މީހަކު ރޯކޮށްފައިވާ ސިގިރޭޓެއް ގޭގެ ވެރިމީހާގެ ގައިގައި ޖައްސާ ތަންވެސް ފެނެއެވެ.

ފުލުހުން މި ހަތަރު މީހުން ހޯދައި ހައްޔަރުކުރުމަށްފަހު، ދައުލަތުން ކޯޓުގައި އެދުނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. އެހެންނަމަވެ، ގާޒީ އިބްރާހިމް އިހްސާން އިއްވި ނިންމުމުގައި، ބަންދު އަމުރަށް އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާކަމަށް ވިދާޅުވި އެވެ.

އެ މީހުން ކޯޓުގައި ބުނެފައިވަނީ އެ ތަނަށް ދިޔައީ ރައްޓެއްސަކު ހިފާފައިވާ ތަނެއް ސާފުކޮށްދިނުމަށް ކަމަށާއި، އެއްވެސް އެއްޗަކަށް ގެއްލުން ދީފައި ނުވާނެ ކަމަށެވެ.

ކޯޓުން އެ މީހުން ދޫކޮށްލާފައިވަނީ ކަމާބެހޭ ޝަރުޠުތަކަކާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ