ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ނޭޕާލްގެ ރައްޔިތެއް ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ނޭޕާލްގެ ރައްޔިތެއް ހައްޔަރުކޮށްފި

Author
ހުސައިން
04 އޭޕްރިލް 2025 11:24
0

ފުލުހުންނަށް މަޢުލޫމާތު ލިބުމާ ގުޅިގެން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ވޭނެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ނޭޕާލްގެ ރައްޔިތެއް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިތަކެއް އަޅާފައިވާ ފޮށިތަކެއް އަރުވައިގެން ވޭނެއް ހުޅުމާލެއަށް ދަތުރުކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެ ވޭން ރޭ 21:46 ގައި ރީތިގަސްމަގުން ހުއްޓުވައި ބަލައި ފާސްކުރެވުނެވެ. ބަލައި ފާސްކުރުމުން ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ 75 ފުޅި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން، އެ ވޭން ދުއްވަމުންދިޔަ ނޭޕާލްއަށް ނިސްބަތްވާ 37 އަހަރުގެ ފިރިހެނެއްކަމަށްވާ ތިރްތާ ބަހާދުރް ބީކޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އޭނާ ދުއްވަމުންދިޔަ ވޭންވެސް ވަނީ ޓޯކުރެވިފައެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.