މަސްދޯންޏެއްގެ ވަތަށްވެއްޓި ޒުވާނެއްގެ އަތްބިނދިގެން އޭނާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ކ.ކޮށްދިއްޕަރު ކައިރިން މަސްވެރިކަމުގައި އުޅުނު "ދޯދި" ނަމަކަށް ކިޔާ ދޯނީގައި ހުރި 20 އަހަރުގެ ޒުވާން ދިވެހި ފަޅުވެރިއަކު ދޯނީގެ ވަތުތެރެއަށް ވެއްޓި އަތް ބިންދައިގެން ގޮސް، އަވަސް ފަރުވާއަށް މާލެ ގަނެއައުމަށް މާލެ އޭރިޔާ ކޯސްޓް ގާޑުން ހަރަކަތްތެރިވަމުންދާކަމަށެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ16:9 ގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ