ޝަހީމްގެ އިރުޝާދު އިމާމުންނަށް: ހާލަތަށް ބަލައި އިމާމުން ފިގުހުވެރިވެ، ފަސޭހަ ގޮތްތަކަށް އަމަލުކުރުން މުހިންމު

ޝަހީމްގެ އިރުޝާދު އިމާމުންނަށް: ހާލަތަށް ބަލައި އިމާމުން ފިގުހުވެރިވެ، ފަސޭހަ ގޮތްތަކަށް އަމަލުކުރުން މުހިންމު

ގުޅުންހުރި

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ހާއްސަ އިރުޝާދުތަކެއް ދެއްވައިފިއެވެ. އިސްލާމިކް މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިސްކިތްތަކުގެ އިމާމުން ފިގުހުވެރިވުމުގެ މުހިންމުކަމާއި އެއީ ކޮންމެހެން މާ މޮޅު ސެޓްފިކެޓެއް އޮންނަންޖެހޭ ކަމެއް ނޫންކަމަށެވެ.

މިނިސްޓަރު ޝަހީމްގެ އިރުޝާދުތަކުގައި ހިމެނެނީ މިސްކިތް ކައިރީގައި އެހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގެތައް ހުރިނަމަ، ތާޅަފިލީގެ އަޑު ކޮންޓްރޯލް ކުރުމުގެ މުހިންމުކަމެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ގުރުއާން ކިޔެވުމުގައި އަޑު އުފުލައި އުނދަގޫވާ ގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިގެންވާ ކަމެއްކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ. ނަމަވެސް ނަމާދު ވަގުތު އިއުލާންކުރުމަށް ތާޅަފިލީގެ އަޑު އެކަށީގެންވާ މިންވަރެއްގައި ބަހައްޓަންޖެހޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ޖަމާއަތުގައި ނަމާދުކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކުގެ ތެރޭގައި ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރުކުރުމާއި، ކުޑަކުދިން ރޯ އަޑު އިވިއްޖެނަމަ ނަމާދު އަވަސްކުރުން ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހާލަތަށް ބަލައި އިމާމުން ފިގުހުވެރިވެ، ފަސޭހަ ގޮތްތަކަށް އަމަލުކުރުމުގެ މުހިންމުކަން ޝަހީމް ވަނީ އިރުޝާދުގައި ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ޝަހީމްގެ މާނަކުރެއްވުމުގައި، ފިގުހުވެރިވުމަކީ ޝަރުއުގެ ހުކުމްތައް އެ ވަގުތެއްގެ ހާލަތުގައި ކަން އޮތް ގޮތުގެ މައްޗަށް ފައްތައި އަމަލުކުރުމަށް ދަނެގަތުންކަމަށް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ