ހުކުރު ދުވަހާ އަޅާބަލާއިރު ހޮނިހިރު ދުވަހު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރު: ސްޓެލްކޯ

ހުކުރު ދުވަހާ އަޅާބަލާއިރު ހޮނިހިރު ދުވަހު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރު: ސްޓެލްކޯ

ގުޅުންހުރި

ޝައްވާލް މަހުގެ ފުރަތަމަ 07 ދުވަހަށް އިމިގްރޭޝަނުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފިއެވެ. އެގޮތުން އެމް-އިމިގްރޭޝަނުން އިއުލާނު ކުރި ގޮތުގައި ޕާސްޕޯޓަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ތެރޭގައި ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ. އަދި އެ މުއްދަތުގައި އިމިގްރޭޝަން މާލެ އޮފީހަށް ވަޑައިގެން ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ހެނދުނު 9:15 އިން މެންދުރު 12:00 އާ ދެމެދުގެ ވަގުތުތަކުގައެވެ. ނަމަވެސް މިގޮތަށް އޮންލައިންކޮށް ހުށަހެޅުން ހަމަޖެހިފައިވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި އެހެނިހެން ޚާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް އެކަންޏެވެ.

ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުން ކުރިޔަށްދާނީ ހެނދުނު 9:15 އިން މެންދުރު 12:00 އަށް ކިއުބީ ސިސްޓަމް މެދުވެރިކޮށެވެ. މީގެ އިތުރުން އިމިގްރޭޝަނުން ވަނީ މެޑިކަލް އެމަރޖެންސީއެއް ދިމާވެއްޖެނަމަ 9555333 ނަންބަރަށް ގުޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި ވިސާއާ ގުޅޭ ޚިދުމަތްތަކަށް އެމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ 9199153 ނަންބަރަށް ގުޅުމަށްވެސް އިމިގްރޭޝަނުން ވަނީ އާންމުންނަށް އެންގެވިއެވެ.

އެންފޯސްމަންޓް އެންޑް ކޮމްޕަލަޔަންސް ޑިވިޝަންގެ ޚިދުމަތްތައް ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ހެނދުނު 9 އިން މެންދުރު 1 ޖެހެންދެން ލިބިވަޑައިގަންނަވާނެއެވެ.

އަދި ސީޕޯޓްގެ ޚިދުމަތް ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ހެނދުނު 8 އިން ހަވީރު 5 އަށް އަދި ރޭގަނޑު 9:30 އިން 12 ޖެހެންދެން ފޯރުކޮށްދެވޭނެކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. ހުކުރު ދުވަހުގެ ކަރަންޓުތަކަކީ މެންދުރު 2:30 އިން ހަވީރު 5 ޖެހެންދެން އަދި ރޭގަނޑު 9:30 އިން 12 ޖެހެންދެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ