ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑިއުޓީ ފްރީ ސިނގިރޭޓު ވަގަށް ނެރުމުގެ ހާދިސާ: ދެ މީހުން ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑިއުޓީ ފްރީ ސިނގިރޭޓު ވަގަށް ނެރުމުގެ ހާދިސާ: ދެ މީހުން ދޫކޮށްލައިފި

ގުޅުންހުރި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗަރ ހޯލުން ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ނެރެން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ދެ މީހުން މިއަދު ކޯޓުން ދޫކޮށްލައިފިއެވެ.

ކަސްޓަމްސްއިން ހުށަހެޅި މައްސަލައެއްގެ ތަޙުޤީޤުގައި ފުލުހުން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މ. ސިލްވާނެސްޓް އަޙްމަދު އަފްޞަލް އަދި ދަފްތަރު ނަންބަރު ރސ. 14358 ޔޫސުފް ނަޛީރުއެވެ. އެހެން ނަމަވެސް، މިއަދު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ވަކި ޝަރުތުތަކަކާއެކު ދޫކޮށްލައިފިކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅުނު ކަމަށް ބުނެފައިވީނަމަވެސް، ސީދާ ކިތައް ސިނގިރޭޓުކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން އިތުރަށް ކުރިއަށް ގެންދަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

މިހާރުގެ ސަރުކާރުން ދުންފަތާ ދެކޮޅަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ސިނގިރޭޓުން ނަގާ ޑިއުޓީއާއި ފީތައް ބޮޑުކޮށް، ސިނގިރޭޓުގެ އަގު ދެގުނައަށް އިތުރުކޮށްފައިވެއެވެ. އަދި ވޭޕް ވެސް މަނާކޮށްފައިވެއެވެ. މި ފިޔަވަޅުތައް އެޅުމާއެކު، ސިނގިރޭޓުގެ އަގު ބޮޑުވުމާ ގުޅިގެން ވަގަށް އެތެރެކޮށްގެން ސިނގިރޭޓު ވިއްކާކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ