ކޮލޮމްބޯއިން ރާއްޖެއަށް އައި ކްރޫޒް ލައިނާއަކުން 300 އަށްވުރެ ގިނަ ފަސިންޖަރުން މާލެއަށް

ކޮލޮމްބޯއިން ރާއްޖެއަށް އައި ކްރޫޒް ލައިނާއަކުން 300 އަށްވުރެ ގިނަ ފަސިންޖަރުން މާލެއަށް

ގުޅުންހުރި

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، ސްރީލަންކާގެ ކޮލޮމްބޯއިން ރާއްޖެއަށް ޒިޔާރަތްކުރި "އެމްއެސް ކްރިސްޓަލް" ކްރޫޒް ލައިނަރުން އައި 307 ފަސިންޖަރުންނަށާއި 477 ކުރޫ މެމްބަރުންނަށް ކްލިއަރަންސް ދީފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ޕޯސްޓްކުރި ބަޔާނެއްގައި ބުނެފައިވަނީ، މި ފަސިންޖަރުންނަށް ކްލިއަރަންސް ދިނުމުގެ މަސައްކަތް ފުރިހަމަކޮށްފައިވަނީ އިމިގްރޭޝަނުގެ ސީޕޯޓް ޑިވިޝަނުން ކަމަށެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މިއީ އެމްއެސް ކްރިސްޓަލް މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ ފަހަރެވެ. އަދި މިއީ ޖުމްލަ ގޮތެއްގައި މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 7 ވަނަ ކްރޫޒް ލައިނާއެވެ.

މީގެ ކުރިން ރާއްޖެއަށް ޒިޔާރަތްކުރި ކްރޫޒް ލައިނާއަކީ "އެމްއެސް ވައިކިންގ ސްކައި" އެވެ. މި އުޅަނދު މާލެ ބަނދަރުގައި ލަނގަރު އެޅީ މާރިޗު 9 ވަނަ ދުވަހުއެވެ. އެ ބޯޓުގައި 765 ފަސިންޖަރުންނާއި 469 ކުރޫ މެމްބަރުން ތިބިއެވެ. ހަމަ އެ ދުވަހު "އެމްއެސް ޒިޑޭރޑަމް" ކްރޫޒް ލައިނާއިން ވެސް 1،274 ފަސިންޖަރުންނާއި 751 ކުރޫ މެމްބަރުންނަށް ކްލިއަރަންސް ދީފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ކްރޫޒް ލައިނާތަކުގެ ފަސިންޖަރުން މާލެއަށް ފައިބައި، އެހެން ރަށްރަށަށް ވެސް ޒިޔާރަތްކުރެއެވެ. ފާއިތުވި މަހުގެ 8 ވަނަ ދުވަހު "ނޯބަލް ކޭލްޑޯނިއާ" އުޅަނދުން 100 އަށްވުރެ ގިނަ ފަތުރުވެރިން އައްޑޫއަށް ޒިޔާރަތްކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ