ކޯވިޑްގެ ހާލަތު އެންމެ ނުރައްކާވެގެން ދިޔަ ދަނޑިވަޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަމުންދިިޔަ ހަމައެކަނި އެއަރލައިންނަކަށް ވެގެންދިޔައީ މީލްޑިވިއަން

މޯލްޑިވިއަން އިން ގަމަށް އޭ320 ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ

މޯލްޑިވިއަން އިން ގަމަށް އޭ320 ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ

ގުޅުންހުރި

ނޭޝަނަލް އެއާލައިން މޯލްޑިވިއަން އިން އަލަށް ގެނައި އެއަރބަސް އޭ320 އެއަރކްރާފްޓް ބޭނުންކޮށްގެން އައްޑޫ ސިޓީގެ ގަމަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން އިން މިއަދު އެކްސްގައި ޕޯސްޓްކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ދެ ދުވަހު ކަމަށެވެ. އެއީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

މޯލްޑިވިއަން އިން އިތުރަށް ބުނެފައިވަނީ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު، އޭޕްރީލް 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެއާލައިންގެ ފްލީޓަށް އަލަށް އިތުރުކުރި އޭ320 ބޯޓުތަކުގައި 152 މީހުންގެ ޖާގަ ހުރެ އެވެ. މިއީ ޑިމާންޑް ބޮޑު މަންޒިލްތަކާއި ދުރު ދަތުރުތަކަށް އެންމެ އެކަށީގެންވާ ބޯޓެއް ކަމަށް މޯލްޑިވިއަން އިން ވަނީ ފާހަގަކޮށްފަ އެވެ.

މޯލްޑިވިއަން އިން ވަނީ ފަހަކަށް އައިސް އެއާލައިންގެ ޚިދުމަތްތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 25 ބޯޓު ހިމެނޭއިރު، އޭގެ ތެރޭގައި އޭޓީއާރު72ގެ 2 ބޯޓާއި، އޭޓީއާރު42ގެ ބޯޓަކާއި، ޑޭޝް8-300ގެ 7 ބޯޓާއި، ޑޭޝް8-200 ގެ 2 ބޯޓާއި، ޑީއެޗްސީ-6 ޓްވިން އޮޓަރގެ 11 ބޯޓާއި، ނެރޯބޮޑީގެ އެއަރބަސް އޭ320ގެ ބޯޓެއް އަދި ވައިޑްބޮޑީގެ އެއަރބަސް އޭ330ގެ ބޯޓެއް ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ