ފައިލް ފޮޓޯ

ކަނޑުމަގުން ރާއްޖެއަށް 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީ 10 މީހުން ހައްޔަރުކޮށްފި

ކަނޑުމަގުން ރާއްޖެއަށް 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީ 10 މީހުން ހައްޔަރުކޮށްފި

ގުޅުންހުރި

ކަނޑުމަގުން ރާއްޖެއަށް 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރަނިކޮށް ބިދޭސީ 10 މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ. މި ގްރޫޕުގައި ހިމެނެނީ 7 އިންޑިއާ މީހުންނާއި 3 އިންޑޮނީޝިއާ މީހުންނެވެ.

ހައްޔަރުކުރި 10 މީހުން ކޯޓަށް ހާޒިރުކުރުމުން، އޭގެތެރެއިން 6 މީހެއްގެ ބަންދަށް ކޯޓުން ޖަހާފައިވަނީ އެންމެ ދުވަހެކެވެ. އަދި އަނެއް 4 މީހުންގެ ބަންދަށް 5 ދުވަސް ޖަހާފައިވެއެވެ. މަޢުލޫމާތު ލިބޭގޮތުގައި، 1 ދުވަހަށް ބަންދުކޮށްފައިވަނީ އެ މީހުންނަށް ތަރުޖަމާނެއް ހޯދުމަށް ފުރުޞަތު ދިނުމަށެވެ.

މިއާއެކު، މީގެ ހަފްތާއެއްހާ ދުވަސް ކުރިން އިންޑިއާގައިވެސް ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ގްރޫޕެއް ހައްޔަރުކޮށްފައެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި އެ ގައުމުގެ ކޯސްޓްގާޑާއި ޑިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) އިން މި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ރާއްޖެއަށް ދަތުރުކުރަން އޮތް ޓަގު ބޯޓަކުން ގާތްގަނޑަކަށް 30 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުން މިފަދަ މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވަމުން އަންނަކަމަށް އަދި ސަލާމަތީ ބާރުތަކުން މިފަދަ އޮޕަރޭޝަންތައް އިތުރުކޮށްފައިވާކަމަށް ސަލާމަތީ ޚިދުމަތްތަކުން މަޢުލޫމާތު ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ