މޯލްޑިވިއަންގެ "ޕްރިމިއަމް އިކޮނޮމީ" ކްލާސް ތަޢާރަފުކުރުމުން އިކޮނޮމީ ޓިކެޓްތަކަށް އަގު ބޮޑުނުވާނެކަމަށް ކުންފުނިން ޔަގީންކަން ދީފި

މޯލްޑިވިއަންގެ "ޕްރިމިއަމް އިކޮނޮމީ" ކްލާސް ތަޢާރަފުކުރުމުން އިކޮނޮމީ ޓިކެޓްތަކަށް އަގު ބޮޑުނުވާނެކަމަށް ކުންފުނިން ޔަގީންކަން ދީފި

ގުޅުންހުރި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ފަސެންޖަރުންނަށް އިތުރު ޚިދުމަތްތަކެއް ލިބޭ "ޕްރިމިއަމް އިކޮނޮމީ" ކްލާހުގެ ޓިކެޓްތައް ވިއްކަން ފަށައިފިއެވެ. މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ މި އައު ކްލާސް ތަޢާރަފުކުރުމުން މިހާރު ވިއްކަމުންގެންދާ އާންމު އިކޮނޮމީ ކްލާހުގެ ޓިކެޓްތަކުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.

"މިއީ ހަމަ ފަސެންޖަރުންނަށް އޮތް އޮޕްޝަނެއް، އެ ފަސެންޖަރަކު ބޭނުންވާ ގޮތަކަށް ޓިކެޓް ނެގުމުގެ ފުރުސަތު އެބަ ލިބޭ. މޯލްޑިވިއަންގެ ޕްރިމިއަމް އިކޮނޮމީ ނޫނީ އިކޮނޮމީ ކްލާހުގައި ދަތުރު ކުރަންވެސް،" އެ އޮފިޝަލް ވިދާޅުވިއެވެ.

ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ޓިކެޓްތަކުގެ އަގު އާންމު އިކޮނޮމީ ކްލާހަށްވުރެ ބޮޑު ނަމަވެސް، ޕްރިމިއަމް ކްލާހުގެ ފަސިންޖަރުންނަށް ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި:

  • ބެގެޖް އެލަވެންސް 25 ކިލޯއަށް އިތުރުވުން
  • ޓިކެޓް ނެގުމަށްފަހު އެއްފަހަރު ހިލޭ ދަތުރުކުރާ ތާރީޚު ބަދަލުކުރުމުގެ ފުރުސަތު
  • ޕްރިއޯރިޓީ ޗެކިންގ ޚިދުމަތް
  • ވެލާނާ އިންޓަނޭޝަނަލް، އިފުރު އަދި ދަރަވަންދޫ އެއާޕޯޓުން ފުރާ ފަސިންޖަރުންނަށް ލޯންޖް ޚިދުމަތް
  • ޕްރިއޯރިޓީ ބޯޑިންގ ޚިދުމަތް
  • ދޫކޮށްލާ ލަގެޖް ފަސޭހައިން ނެގޭނެ އިންތިޒާމް
  • މަތިންދާބޯޓުގައި ޚާއްސަ ސީޓްތަކެއް
  • ހިލޭ ސްނެކާއި ބުއިން

މޯލްޑިވިއަންގެ އެޕްލިކޭޝަން އަދި ވައިބާ ނެޓްވޯކް މެދުވެރިކޮށް ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ޓިކެޓްތައް ބުކް ކުރެވޭނެކަމަށް ކުންފުނިން ހާމަކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ