މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނު ފައިސާ ލޯންޑަރކުރި ދެމީހަކަށް ދައުވާކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނު ފައިސާ ލޯންޑަރކުރި ދެމީހަކަށް ދައުވާކޮށްފި

ގުޅުންހުރި

ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެއިން ލިބޭ ފައިސާ ލޯންޑަރކުރުމުގެ ހަރަކާތެއް ހިންގަމުން ދިޔަ ދެ މީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ އުފުލައިފިއެވެ.

އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ދޫޑިގަން، ކަރަންކާވިލާ، އަޙްމަދު ނިއުޝާދު އަދި ދޫޑިގަން، ޒަމާނީވިލާ، ޙަސަން ޢާޒިމްގެ މައްޗަށް މަނީ ލޯންޑަރިންގ އާއި ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ދަޢުވާ ވަނީ އުފުލާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި 2023 އޭޕްރިލް 27 ވަނަ ދުވަހު ފުވައްމުލަކު ދޫޑިގަން "ގަސްދޮށުގެ" ބަލައި ފާސްކުރުމުން މަސްތުވާތަކެތި ފެނުނެވެ. މިކަމާ ގުޅިގެން ދެ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ދިރާސާކުރުމުން، އެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ ގަނޑުކޮށް އެ ދެ މީހުންގެ އެކައުންޓަށް ޖަމާވެފައިވާކަން ފާހަގަކުރެވުނެވެ.

ތަޙްޤީޤުގައި ޙަސަން ޢާޒިމް އިސްވެހުރެ، އަޙްމަދު ނިއުޝާދާއެކު ފުވައްމުލަކުގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ޤާއިމްކޮށް، އެކި ފެންވަރުގައި ޑީލަރުންނަށް މުސާރަ ދީގެން މި ވިޔަފާރި ހިންގަމުން ގެންދިޔަކަން ހާމަވެފައިވެއެވެ. މި ހަރަކާތް 2023 އޮގަސްޓް 1 ވަނަ ދުވަހުގެ ނިޔަލަށް ހިންގަމުން ގެންގޮސްފައިވާކަން ފާހަގަކުރެވުނެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަޔާނުގައި ވާގޮތުން، 2019 ޖުލައި މަހުން ފެށިގެން 2023 އޮގަސްޓް 1 އާ ހަމައަށް މި ދެ މީހުންގެ އެކައުންޓުން ޖުމްލަ 28 މިލިއަން ރުފިޔާގެ މުޢާމަލާތް ހިންގާފައިވެއެވެ.

ދައުލަތުން އެދިފައިވަނީ މި ދެ މީހުންގެ އަތުން 1.19 މިލިއަން ރުފިޔާގެ އިތުރުން 4 ސައިކަލް، 5 ކާރު، 2 ޕިކަޕް، ކަނޑު އުޅަނދެއް، 29 ސަންކޮނުއާ ގުރާ އަދި 9 ރިންގުނެކް ގުރާ ނަގައިދިނުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ