ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކަށް އައިސްފި

ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކަށް އައިސްފި

ގުޅުންހުރި

ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކަށް އައިސްފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން 150 މިލިއަން ރުފިޔާ ހަރަދުކޮށްގެން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ތ. ހިރިލަންދޫގައި 1200 އަށްވުރެ ގިނަ މީހުން ދިރިއުޅޭއިރު، މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ.

އެމްޓީސީސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، 2022 ވަނަ އަހަރުގެ މެއި މަހު މަސައްކަތް ފެށުނު ނަމަވެސް، އެމްޓީސީސީގެ ޑްރެޖަރަށް މައްސަލަތަކެއް ދިމާވުމާ ގުޅިގެން މަސައްކަތް ވަނީ ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައެވެ. އަދި މަސައްކަތް އަލުން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.

"މި މަޝްރޫޢުގެ ދަށުން ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް 1200 މީޓަރުގެ ތޮއްޓެއް ލުމަށް ހަމަޖެހިފައިވޭ. އަދި ހިއްކާފައިވާ ސަރަހައްދުގެ އެންމެ ކޮޅުގައި ބީޗެއް ހެދުމަށްވެސް ނިންމާފައިވާނެ," އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހިރިލަންދޫއަކީ ފައިބަރު މަސައްކަތާއި، މަސްވެރިކަމާއި މަސް ކައްކައިގެން ނަފާ ހޯދުންފަދަ އިގްތިސާދީ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގާ ރަށެކެވެ. ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމަކީ މި މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އޮތް ބޮޑު ހުރަހަކަށްވެފައިވާއިރު، ބިން ހިއްކުމުގެ މަޝްރޫޢު ނިމުމާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ލިބި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ރަށުގައި އިތުރުވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރާކަމަށް ވަނީ ހާމަކޮށްފައެވެ.

ބިން ހިއްކުމުގެ މަޝްރޫޢާއެކު ރަށުގެ ބިމުގެ ބޮޑުމިން ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިކަމަށް އެމްޓީސީސީއިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ