މިއަދު ފޮނަދޫގެ މަސްޖިދުއް އުލާގައި އިމާމްވެ ކުރައްވާނީ މަޖިލީހުގެ ރައީސް އަބުދުއްރަހީމް

މިއަދު ފޮނަދޫގެ މަސްޖިދުއް އުލާގައި އިމާމްވެ ކުރައްވާނީ މަޖިލީހުގެ ރައީސް އަބުދުއްރަހީމް

Author
ހުސައިން
14 މާރޗް 2025 12:25
0

މިއަދު ލ. ފޮނަދޫގައ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އިމާމްވެ ހުކުރު ނަމާދު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މަޖިލިސް ރައީސް އަބްދުއްރަހީމް އިމާމްވެ ހުކުރު ނަމާދު ކުރައްވަނީ އޭނާގެ އުފަން ރަށް ލ.ފޮނަދޫގައި ހުންނަ މަސްޖިދުއް އުލާގައެވެ.

ފޮނަދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މަޖިލިސް ރައީސް އަބްދުއްރަހީމް މިއަދު ހުކުރު ހުތުބާ ވިދާޅުވާނީ "ނަސްރުގެ މައްސަރު" މި މައުޝޫއަށެވެ.

ފޮނަދޫގައި ޖުމްލަ ހަތަރު މިސްކިތެއްގައި ހުކުރު ނަމާދު ކުރެވޭ އިރު، ހުރިހާ މިސްކިތެއްގައިވެސް މިއަދު އިމާމްވެ ހުކުރު ކުރައްވާނީ އެރަށަށް ނިސްބަތްވާ ހަތީބުންނެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ހުކުރު ދުވަހު މިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރާނެ ހަތީބުން ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިނިސްޓްރީން ވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ހުކުރު ކުރުމަށް "ޒުވާން ހަތީބުން" ގެ ގޮތުގައި 200 އަށްވުރެ ގިނަ ޒުވާން ހަތީބުން ތަމްރީނުކޮށްފައިކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.