"ދާރުލް އަރުގަމް" ވަގުފް އިމާރާތުގެ ކުރެހުން ހާމަކޮށްފި

"ދާރުލް އަރުގަމް" ވަގުފް އިމާރާތުގެ ކުރެހުން ހާމަކޮށްފި

Author
ހުސައިން
13 މާރޗް 2025 11:31
0

ލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ "ދާރުލް އަރުގަމް" ވަގުފް އިމާރާތުގެ ކުރެހުން ދައްކާލައިފިއެވެ. މި އިމާރާތުގެ ކުރެހުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އީޕޮކް އެސޯސިއޭޓްސްއާއެވެ.

މާލޭގައި އަޅާ ދެވަނަ ވަގުފު އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިނިސްޓަރު ޝަހީމް ވަނީ އެމަނިކުފާނުގެ ފޭސްބުކްގައި މި އިމާރާތް ހުންނާނެ ގޮތުގެ ކުރެހުންތައް އާންމުކުރައްވާފައެވެ.

ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަގުފް އިމާރާތެކެވެ. އެއީ ޝަހީމްގެ މިނިސްޓަރުކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި "ދާރުލް އީމާން" އެވެ. ނުވަ ބުރީގެ އެ އިމާރާތް ހުޅުވީ 12 ޖެނުއަރީ 2017 ގައެވެ.

އިތުރު މަޢުލޫމާތު ދެމުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ހުޅުމާލެ ފޭސް އެކެއްގައި 12 ބުރީގެ ވަގުފު އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަންވެސް އިޢުލާންކޮށްފައިވާ ކަމަށެވެ. އެ އިމާރާތަކީ "ދާރުއްސަލާމް" ނަމުގައި އިމާރާތްކުރެވޭ އޮފީސް ބިލްޑިންގއެއް ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.