ރޯދަމަހު މިހާތަނަށް 33 މީހަކު ރޯދަ އިނާޔަތް ނުލިބުމުގެ ޝަކުވާ ހުށަހަޅައިފި

ރޯދަމަހު މިހާތަނަށް 33 މީހަކު ރޯދަ އިނާޔަތް ނުލިބުމުގެ ޝަކުވާ ހުށަހަޅައިފި

ގުޅުންހުރި

ލޭބާ ރިލޭޝަންސް އޮތޯރިޓީން ހާމަކުރި ގޮތުގައި ރޯދަ އިނާޔަތް ނުލިބުމުގެ ޝަކުވާ 33 މީހަކު އެ އޮތޯރިޓީއަށް ހުށަހަޅައިފިއެވެ.

ވަޒީފާއާބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭން ޖެހެއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ ރޯދަމަސް ފެށުމުގެ ކުރިން، ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުލިބޭނަމަ، އެކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހެޅޭނެ ކަމަށް ކުރިން އިޢުލާނުކޮށްފައިވެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ރޯދަ މަހުގެ މިހާތަނަށް އައިއިރު 33 މީހަކު ރޯދަ އިނާޔަތުގެ ޝަކުވާ ވަނީ ހުށަހަޅާފައެވެ.

ރޯދަ މަސް ފެށޭއިރު، "ޕޭ ލީވް" ގެ ތެރެއިން ސްކޮލާޝިޕް މުވައްޒަފުންނާއި "ނޯޕޭ ލީވް" ގައި ތިބި މުވައްޒަފުންނަށް އިނާޔަތް ނުދޭން ފިނޭންސް މިނިސްޓްރީން އަންގާފައިވާއިރު، އެ ލީވްތަކުގެ ތެރެއިން ލީވްގައި ހުރި މުވައްޒަފަކު ވަޒީފާއަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އިނާޔަތް ދޭން މިނިސްޓްރީން އަންގާފައިވެއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފައިވާ ގޮތުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ އިތުރުން ގާނޫނުން ލިބޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށް ވެސް ރޯދަ އިނާޔަތް ދޭންޖެހޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ