ހިތަދޫ އުތުރު ދާއިރާގެ މެންބަރުގެ ދަރަނީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ހިތަދޫ އުތުރު ދާއިރާގެ މެންބަރުގެ ދަރަނީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަށް އެދި ހުށަހެޅުނު މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބަލައިގެންފި އެވެ.

ޕީއެންސީއަށް ނިސްބަތްވާ މެންބަރު ސިނާންގެ މައްޗަށް ހުށަހެޅުނު މި މައްސަލައަކީ އިސްލާމިކް ބޭންކަށް އޭނާ ދައްކަންޖެހޭ ލޯނުގެ ފައިސާ، ކޯޓުން ކުރި ހުކުމާ އެއްގޮތަށް ނުދައްކާކަމަށް ބުނެ ޣާލިބު ސަލީމް ހުށަހެޅުއްވި މައްސަލައެކެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުގައިވާ ގޮތުން، މި މައްސަލައަކީ ކޯޓުގެ ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާތީ، މިއަދު އެ މައްސަލަ ވަނީ ބަލައިގަނެފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ސާބިތު ދަރަންޏެއް އޮވެ، ކޯޓުން ކުރާ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ، މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑީގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލާ މިއީ ފުރަތަމަ ފަހަރެވެ.

މި މައްސަލަ ބަލައިގަންނަ މި ވަގުތު، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑް ކުރެވިފައެވެ. މީގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވާފައެވެ. އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ މިހާރުވެސް ސަސްޕެންޝަންގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ