ޔަމަނުގެ އެއަރޕޯޓަށް ދިން ބޮމުގެ ހަމަލާއަށްފަހު، ހޫތީންގެ މަގާމްތަކަށް ސައުދީން ވައިގެ ހަމަލާ ދޭންފަށައިފި

ޔަމަނުގެ އެއަރޕޯޓަށް ދިން ބޮމުގެ ހަމަލާއަށްފަހު، ހޫތީންގެ މަގާމްތަކަށް ސައުދީން ވައިގެ ހަމަލާ ދޭންފަށައިފި

Author
ހުސެއިން
31 ޑިސެމްބަރ 2020 04:50
0

ޔަމަނުގެ އަދަންގެ އެއަރޕޯޓަށް ދިން ބޮން ގޮއްވުމުގެ ހަމަލާތަކުގައި 26 މީހުން މަރުވެފައިވާކަން ހާމަކުރިތާ މަދު ގަޑއިރެެއްގެ ތެރޭގައި، ޔަމަނުގައި ހޫތީންނާއި ދެކޮޅަށް ހަގުރާމަ ކުރުމަށް އުފައްދާފައިވާ ސައުދީ – ޔޫއޭއީ ކޯލިޝަނުން، ޔަމަނުގެ ވެރިރަށް ސަނާގެ، ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާ ދޭން ފަށައިފިއެވެ.

ހޫތީންގެ ޙަބަރު ފަތުރާ ޓީވީ ޗެނަލެއް ކަމުގައިވާ، އަލް މަސިރާ ޓީވީން މައުލޫމާތު ދީފައިވާ ގޮތުގައި، ސައުދީ ކޯލިޝަނުންވަނީ ރޭގަޑުގެ ވަގުތުތަކުގައި، ސަނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން، ހޫތީންގެ ބާރުގެ ދަށުގައިވާ ދެ ސަރަހައްދެއް ކަމުގައިވާ، ސަހުނާ ޑިސްޓްރިކްޓްގެ ރިމާ ހާމިދު ނަމަކަށް ކިޔާ އަވަށަކަށާއި އަދި ބަނީ ހާޝިޝް ޑިސްޓްރިކްޓްގެ އަޖީ ރަޖަމް ކިޔާ އަވަށަކަށް ވައިގެ މަގުން ހަމަލާތައް އަމާޒު ކޮށްފައެވެ.

މިހާތަނަށް އައިއިރު، މިހަމަލާތަކުގައި އެއްވެސް ބަޔަކަށް އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

"މިހާތަނަށް 8 ފަހަރެއްގެ މަތިން ހަމަލާތައް ދީފައިވޭ،" ޔަމުނެގެ ވެރިރަށް ސަނާއިން، އަލްޖަޒީރާގެ ރިޕޯޓަރުން ރިޕޯޓް ކޮށްފައިވެއެވެ.

ޔަމުނުގެ އަލަށް ހުވާކުރި ކެބިނެޓް ގޮވައިގެން އައި މަތިންދާ ބޯޓު ޔަމުނުގެ އަދަންގެ އެއަރޕޯޓަށް ޖެއްސުމުގެ ކުޑަވަގުތުކޮޅެއް ފަހުން ބޮން ގޮއްވާލާއި 26 މީހުން މަރުވެފައިވާ މިހާދިސާ، ޔޫއެންގެ ސެކެޓްރީ ޖެނެރަލް ވަނީ ވަރަށް ބޮޑަށް ކުއްވެރި ކުރައްވާފައެވެ.

އަދަންގެ އެއަރޕޯޓަށް މިހަމަލާ ދިންތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި، މިފަދަ އިތުރު ހަމަލާތަކެއްވަނީ އަދަންގެ މާޝިގު ރިޔާސީ ގަޑުވަރު ހުންނަ ސަރަހައްދަށްވެސް އަމާޒު ކޮށްފައެވެ. އެއަރޕޯޓަށް ދެވުނު ހަމަލާތަކަށްފަހު، ބޮޑުވަޒީރު މައީން އަބުދުލް މާކިލާ، ޔަމަނަށް ކަޑައަޅާފައި ހުންނަވާ ސައުދީ ސަފީރުގެ އިތުރުން ކެބިނެޓް މެމްބަރުންގެވެސް ސަލާމަތަށް އެޅި ފިޔަވަޅެއްގެ ގޮތުން މިއެންމެންވެސް ގެންދެވިފައިވަނީ ޔަމުނުގެ ރިޔާސީ ގަޑުވަރަށެވެ.

ދެވަނައަށް މިދިން ހަމަލާގެ ޒިންމާވެސް މިހާތަނަށް އައިއިރު އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.

އަދަންގެ އެއަރޕޯޓަށް ދިން ހަމަލާ ކުއްވެރި ކުރައްވަމުން، ޔަމަންގެ ބޮޑުވަޒީރު އަބުދުލް މާލިކް ވިދާޅުވެފައިވަނީ މިއީ ފިޑި އަމަލެއް ކަމުގައެވެ.

"މި ފިޑި، އަދި އަނިޔާވެރި އަމަލުގެ ސަބަބުން، ޔަމަނުގެ ސަރުކާރަށް އެމީހުންގެ ޒިންމާ ފުރިހަމަޔަށް އުފުލަށް އިތުރަށް މަޖުބޫރު ވެގެން ހިގައްޖެ، އެއީ، މި ބާޢާވާތް ނިމުމަކަށް ގެނެސް، ޔަމަގުގައި ގާނޫނީ ވެރިކަމެއް ގާއިމްކޮށް، ސުލްހަ މަސަލަސްކަން އިއާދަކޮށް، އަދި ޔަމުނުގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް،" އޭނާ ވިދާޅު ވިއެވެ.

ޔަމަނުގެ އިންފޮމޭޝަން މިނިސްޓަރ މުއައްމާރު އަލް-އެރްޔާނީ ވިދާޅުވެފައި ވަނީ، މިގޮވުންތަކުގެ ޒިންމާ އުފުލަންޖެހޭނީ، އިރާނުން އެހީތެރި ވެދީގެން އެގައުމުގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހޫތީން ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިހަމަލާގައި، ބޮންތައް ގޮއްވާލުމުގެ ކުޑަވަގުތު ކޮޅެއްކުރިން އެއަރޕޯޓުގައި ޖެއްސި މަތިންދާ ބޯޓުން ދަތުރު ކުރި، ސަރުކާރުގެ އެއްވެސް އޮފިޝަލަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ައަދަންގެ އެއަރޕޯޓަށް ހަމަލާ ދީފައިވަނީ، އަލަށް ހުވާކުރި ކެބިނެޓް ދަތުރުކުރި މަތިންދާ ބޯޓު އެއަރޕޯޓުގައި ޖެއްސި ވަގުތާ ދިމާކޮށް

ހޫތީން ވަނީ، މިހަމަލާގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެފައެވެ.

ބޮން ގޮއްވާލި ސަރަހައްދުގައި ތިބި އޮފިޝަލުން ބުނެފައިވާ ގޮތުގައި، މިހަމަލާގެ ސަބަބުން، މަރުވި މީހުންގެ ހަށިގަޑުގެ ބައިތައް އެކި ހިސާބުތަކަށް ބުރައިގެން ގޮސްފައި ވަނިކޮށް އެމީހުންނަށް ވަނީ ފެނިފައެވެ.

ޔަމަނުގައި އަލަށް އެކުލަވާލެވުނު ކެބިނެޓަށް އަމާޒުކޮށް މިދެވުނު ހަމަލާ ތުރުކީން ވަނީ ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފައެވެ.

މިހަމަލާގެ އަމާޒުކަމަށް ބެލެވުނު މަތިންދާބޯޓުން ދަތުރި ބޭފުޅެއްކަމުގައިވާ އެގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރ ނަގުއިބް އަލް-އަވްގު ވިދާޅުވި ގޮތުގައި، މި ގޮވުންތަކުގެ އަޑު އިވުމާއެކު، އޭނާއަށް އެންމެ ފުރަތަމަ ހީކުރެވުނީ އެއީ ޑްރޯން ހަމަލާއެއް ކަމުގައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.