މެލޭޝިއާއިން ގެއްލުނުކަމަށް ރިޕޯޓްކުރެވުނު ދިވެހި ޒުވާނާ މެލޭޝިއާ ފުލުހުންގެ ބެލުމުގެ ދަށުގައި

މެލޭޝިއާއިން ގެއްލުނުކަމަށް ރިޕޯޓްކުރެވުނު ދިވެހި ޒުވާނާ މެލޭޝިއާ ފުލުހުންގެ ބެލުމުގެ ދަށުގައި

ގުޅުންހުރި

މެލޭޝިއާއިން ގެއްލުނުކަމަށް ރިޕޯޓްކުރެވުނު ދިވެހި ޒުވާނާ، އަޙްމަދު ޔުސައިދު އިބްރާހީމް އަފީފް، މިހާރު ހުރީ މެލޭޝިއާ ފުލުހުންގެ ބެލުމުގެ ދަށުގައިކަން އެގިއްޖެއެވެ. ނަމަވެސް، މިވަގުތު އޭނާ ބަންދުކޮށްފައިވަނީ ކޮން ކަމަކާއި ގުޅިގެންކަން އަދި ސާފުވެފައެއް ނުވެއެވެ.

ޔުސައިދު ހޯދަށް ފަށާފައިވަނީ މި ހަފްތާގެ އާދީއްތަ ދުވަހުއެވެ. ޔުސައިދުގެ ބައްޕަ، އިބްރާހިމް އަފީފް ވިދާޅުވި ގޮތުގައި، ޔުސައިދު އާދީއްތަ ދުވަހުގެ 15:15 ގައި "ސަންވޭ ޖިއޯ" އިން ނިކުތް ފަހުން އޭނާގެ ޚަބަރެއް ނުލިބުމާ ގުޅިގެން އާދީއްތަ ދުވަހުގެ ރޭ 22:00 ގައި އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ.

އަފީފް ވިދާޅުވި ގޮތުގައި، އާދީއްތަ ދުވަހު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މިކަން އަންގާފައިވާކަމަށާއި، މިސިންގ ޕާރސަން ރިޕޯޓް ހުށަހެޅުމުން ފުލުހުންނާއި ހައިކޮމިޝަންގެ އޮފިޝަލުން ވަގުތުން ޔުސައިދު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ސީސީޓީވީ ފުޓޭޖާއި މީހުންގެ ބަޔާންތަކުގެ އެހީގައި ލިބިފައިވާ މަޢުލޫމާތަށް ބިނާކޮށް، އަފީފް ވިދާޅުވި ގޮތުގައި ޔުސައިދު އާދީއްތަ ދުވަހުގެ 16:00 ހާއިރު ހައިކޮމިޝަނަށް ގޮސްފައިވާކަމަށާއި، އެހެންނަމަވެސް މަސައްކަތު ދުވަހަކަށް ނުވާތީ އެއްވެސް އޮފިޝަލަކާ ބައްދަލުކުރެވިފައި ނުވާކަމަށެވެ.

އަފީފް، ހޯދަން ކުރި މަސައްކަތުގެ ތެރެއިން ޔުސައިދުގެ ސްޓޫޑަންޓް ކާޑު ފެނިފައިވާކަމަށް ފާހަގަކުރައްވައި، އޭނާ ދުޅަހެޔޮ ސިއްހަތެއްގައި ހުރިކަން ޔަގީންވެފައިވާކަމަށް ވިދާޅުވިއެވެ. އަދި އޭނާގެ ދަރިފުޅު ރައްކާތެރިކަމާއެކު ފެންނާނެކަމުގެ އުންމީދު އޭނާ ފާޅުކުރެއްވިއެވެ.

ހޯމަ ދުވަހު ފޮރިން މިނިސްޓްރީން ޔަގީންކޮށްދިން ގޮތުގައި، މެލޭޝިއާގައި ހުރި ދިވެއްސަކު ގެއްލިފައިވާކަމުގެ ރިޕޯޓެއް މިނިސްޓްރީއަށް ލިބިފައިވެއެވެ. އެގޮތުން، މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ޔުސައިދު ހޯދުމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ