ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކާ ގުޅޭ ޝަކުވާ 1000 އަށް އަރައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކާ ގުޅޭ ޝަކުވާ 1000 އަށް އަރައިފި

ގުޅުންހުރި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މި މަހުގެ ފުރަތަމަ ދުވަހު ހުޅުވާލުމާއެކު މިހާތަނަށް 1000 ޝަކުވާ ހުށަހަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތައްލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު އިއުލާނުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ލިސްޓު ދިރާސާކުރުމަށް ފަހު ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންނާއި، ޝަރުތު ހަމަނުވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ނިޔަލަށެވެ.

އެކަމާ ގުޅޭގޮތުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، ރެއާ ހަމައަށް 1000 ޝަކުވާ ލިބިފައިވާ ކަމަށެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް 638 ޝަކުވާ ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒީމް ވިދާޅުވި ގޮތުގައި ލިސްޓުގައި ނަން ނެތިގެން މިހާތަނަށް ގިނަ ޝަކުވާތަކެއް ވަނީ ހުށަހަޅާފަ އެވެ. އަދި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށައަޅާއިރު ލިޔުމަށް އޮންނަ ބަހުގެ ލިމިޓު ކުޑަވެގެން ވެސް ޝަކުވާ ލިބިފައިވާ ކަމަށާއި، މިއާއެކު ޕޯޓަލްގައި ޝަކުވާ ލިޔާ ލިމިޓް 3000 ލަފްޒަށް އިތުރު ކުރާނެ ކަމަށް ނަޒީމް ވިދާޅުވިއެވެ.

ނަޒީމް ވިދާޅުވީ އެންމެ ގިނައިން ލިބިފައިވަނީ މެދުނުކެނޑި 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކޮށް ދިނުމުގައި ހުރި ދަތިތަކުގެ ޝަކުވާ ކަމަށެވެ. ނަމަވެސް މިވަގުތު އިތުރު ޑޮކިއުމެންޓް ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކުރީ ސަރުކާރުން އިއުލާނުކުރި ފްލެޓް ލިސްޓު މުރާޖާ ކުރުމަށްފަހު، ބުރާސްފަތި ދުވަހު އިއުލާނުކުރި ލިސްޓުގައި ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވަނީ 1820 ފަރާތެކެވެ. ކުރީގެ ސަރުކާރުން އެކުލަވާލި ލިސްޓުގެ 53 އިންސައްތަ މީހުންނަށް ދީފައިވާ ޕޮއިންޓްތައް ސައްހަނޫން ކަމަށް މިނިސްޓަރު މުއްތޮލިބް ވަނީ ފާހަގަކުރައްވާފައިވެ އެވެ.

މި މަހުގެ ނިޔަލަށް ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާއިރު، ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ ހުށަހަޅާނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ [email protected] އަށް އީމެއިލްއަކުން، ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ސިޓީއަކުން ޝަކުވާ ހުށަށެޅޭނެކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ފްލެޓް ލިސްޓާ ބެހޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މި ފަހަރު އިއުލާނު ކުރި ފްލެޓު ލިސްޓަކީ ޒައްރެއްގެ މިންވަރު ވިއަސް ނުފޫޒެއް ނުފޯރުވައި ނެރެފައިވާ ފުރަތަމަ ލިސްޓު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ