މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަމުންދަނީ

މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަމުންދަނީ

ގުޅުންހުރި

މެލޭޝިއާއިން ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޚާރިޖީ ވުޒާރާއިން ވިދާޅުވީ މެލޭޝިއާއިން ދިވެއްސެއް ގެއްލިގެން އުޅޭ ޚަބަރު އެ ވުޒާރާއަށް ލިބިފައިވާ ކަމަށެވެ.

އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ އަޙްމަދު އުސެއިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ ޒުވާނެކެވެ.

ގެއްލިފައިވާ ދިވެހި ޒުވާނާ މެލޭޝިއާގައި އުޅުނީ ކޮން ބޭނުމެއްގައިކަމާއި އަދި އޭނާ ގެއްލުނީ ކޮން ހިސާބަކުންކަން ވަނީ އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ