އެމްޑަބްލިއުއެސްސީގެ 30 އަހަރުގެ ޖުބިލީއާއި ރޯދަމަހާ ގުޅުވައިގެން އުމްރާ ދަތުރުގެ ޕްރޮމޯޝަން ފަށައިފި

އެމްޑަބްލިއުއެސްސީގެ 30 އަހަރުގެ ޖުބިލީއާއި ރޯދަމަހާ ގުޅުވައިގެން އުމްރާ ދަތުރުގެ ޕްރޮމޯޝަން ފަށައިފި

ގުޅުންހުރި

އެމްޑަބްލިއުއެސްސީއަށް 30 އަހަރު ފުރުމުގެ މުނާސަބަތާއި ރޯދަމަހާ ގުޅުވައިގެން، ކުންފުނިން "އެކުވެރި ރޯދަ 30″ ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން، އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލު ދައްކާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ މައިގަނޑު މަޤްޞަދަކީ ރޯދަމަހުގެ ބަރަކާތާއެކު އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް ޚާއްޞަ ފުރުޞަތެއް ހޯދައިދިނުމާއި، ކުންފުނީގެ ޑިޖިޓަލް ޚިދުމަތްތަކުގެ ބޭނުންކުރާ މީހުންގެ އަދަދު އިތުރުކުރުމެވެ. މީގެއިތުރުން، ބިލު ދެއްކުމަށް ކައުންޓަރުތަކަށް ޒިޔާރަތްކުރުމުގެ ބަދަލުގައި މޮބައިލް އެޕް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް ބާރުއެޅުމާއި، ވަގުތު ސަލާމަތްކުރުމުގެ މުހިންމުކަން ފާހަގަކުރުމަކީވެސް މި ޕްރޮމޯޝަންގެ އަމާޒެކެވެ.

ޕްރޮމޯޝަން ހިނގާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ޝަރުތުތަކަކީ:

  • އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރަކަށްވުން
  • ޕްރޮމޯޝަން މުއްދަތުގައި އެމްޑަބްލިއުއެސްސީގެ މޮބައިލް އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުން
  • ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު، މުއްދަތު ހަމަވެފައިވާ ފެން ބިލެއް ނުވަތަ ފައިސާއެއް ނުދައްކާ ނެތުން

ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ކަސްޓަމަރުން އިޢުލާންކުރެވޭ ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭގައި އުމްރާ ދަތުރު ކުރަންވާނެއެވެ. އަދި ހޮވުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން ފަރާތަކަށް ބަދަލުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދެއެވެ.

ގުރުއަތުން ހޮވޭ ފަރާތްތައް ރަސްމީކޮށް އެމްޑަބްލިއުއެސްސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ވެބްސައިޓް މެދުވެރިކޮށް އިޢުލާންކުރެވޭނެއެވެ. ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ތާރީޚު އިތުރު މަޢުލޫމާތާއެކު ފަހުން އިޢުލާންކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ