ޢިއްޒުއްދީން ފާލަމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި އެމްޓީސީސީގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށްފި

ޢިއްޒުއްދީން ފާލަމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި އެމްޓީސީސީގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށްފި

ގުޅުންހުރި

މިދިޔަ ބުރާސްފަތިދުވަހުގެރޭ ހުޅުވުނު ޢިއްޒުއްދީން ފާލަމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި އެމްޓީސީސީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތް ފާހަގަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ.

މި ޙަފްލާގައި ފާލަމުގެ މަސައްކަތުގައި ޝާމިލުވި އެންމެހައި މުވައްޒަފުންނަށް ހަނދާނީ ލިޔުން ދެވުނެވެ. ކުންފުނީގެ ބޯޑުގެ ޗެއާމަންއާއި ޑިރެކްޓަރުންނާއި މެނޭޖްމަންޓް ޓީމުގެ ހާޒިރުގައި، ހަނދާނީ ލިޔުންތައް މުވައްޒަފުންނަށް ހަވާލުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު (ރިޓަޔަޑް) ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއެވެ.

އަހުމަދު ސައުދީ ދެއްކެވި ވާހަކަފުޅުގައި ފާލަން އަލުން ތަރައްޤީކުރުމުގައި މުވައްޒަފުން ދެއްކި ވަރުގަދަ ޢަޒުމާއި ހިތްވަރު ފާހަގަކުރައްވައި، އެ މުވައްޒަފުންގެ އަގުހުރި ޚިދުމަތަށް ތަޢުރީފު ކުރެއްވިއެވެ.

ދިވެހީންގެ ޤައުމިއްޔަތު ރަމްޒުކޮށްދޭ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކުރުމާ ގުޅިގެން، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުންފުނިން ފެށީ 2024 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ.

ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރީންނާއި އިއްޒަތްތެރީން މާލެއަށް ފައިބައިވަޑައިގަތުމަށް ބޭނުންފުޅުކުރައްވާ ޢިއްޒުއްދީން ފާލަމަކީ ދިވެހިރާއްޖޭގެ ޢިއްޒަތާއި ސިޔާދަތާއި ދިވެހީންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ. މި ފާލަން އިހުގެ ގޮތަށް އަލުން ތަރައްޤީކޮށް ނިންމާލިއިރު، ފާލަން ޒީނަތްތެރިކުރުމަށްޓަކައި ބޭނުންކޮށްފައިވާ ވަޑާމުގެ ގިނަ މަސައްކަތްތަކަކީ ކުންފުނީގެ މުވައްޒަފުން އެމީހުންގެ ވަރކްޝޮޕްތަކުގައި ކޮށްފައިވާ، އެމުވައްޒަފުންގެ ފަންނުވެރިކަން ފުރިހަމައަށް ދައްކުވައިދޭ މަސައްކަތްތަކެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ