ޗިކިން، ގްލޯރިއާ ޖީންސް އަދި މޯތީ މަހަލްއާއެކު އެމްއައިބީއިން އައު ޕްރޮމޯޝަނެއް ތަޢާރަފުކޮށްފި

ޗިކިން، ގްލޯރިއާ ޖީންސް އަދި މޯތީ މަހަލްއާއެކު އެމްއައިބީއިން އައު ޕްރޮމޯޝަނެއް ތަޢާރަފުކޮށްފި

Author
ހުސައިން
27 ފެބްރުއަރީ 2025 02:20
0

އެމްއައިބީއިން ޗިކިން، ގްލޯރިއާ ޖީންސް އަދި މޯތީ މަހަލްއާއެކު ޙާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން، އެ ތަންތަނުން ޚިދުމަތް ހޯދުމަށްފަހު އެމްއައިބީ ޕީއޯއެސް މެޝިނުން ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ހަފުތާއަކު 35 ކަސްޓަމަރަކަށް 1,000 ރުފިޔާގެ ފައިދާއެއް ލިބޭނެއެވެ.

މި ޕްރޮމޯޝަނުގައި މާލެ އަދި ހުޅުމާލޭގައި ހުންނަ ޗިކިންގެ ތިން އައުޓްލެޓުންނާއި، ގްލޯރިއާ ޖީންސްގެ ތިން އައުޓްލެޓުންނާއި، އަދި މާލޭގައި ހުންނަ މޯތީ މަހަލްއިން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ.

އެމްއައިބީން ވަނީ ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ގިނަ ޕްރޮމޯޝަންތަކެއް ތަޢާރަފުކޮށްފައެވެ. އޭގެތެރޭގައި ބޭންކުގެ ކާޑުން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ފަސް ކަސްޓަމަރަކަށް ދެ މީހުންގެ ރޯދަވީއްލުން ލިބޭނެއެވެ. މީގެއިތުރުން، އެއްވަނަ އިނާމުގެ ގޮތުގައި ދުބާއީއަށް ދަތުރެއް، ދެވަނަ އިނާމުގެ ގޮތުގައި އައިފޯން 16 ޕްރޯމެކްސްއެއް، އަދި ތިންވަނަ އިނާމުގެ ގޮތުގައި ރިސޯޓަކަށް ދަތުރެއް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.