އައްޑޫ ސިޓީ ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ ޒުވާނަކު މަރުވެއްޖެ

އައްޑޫ ސިޓީ ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ ޒުވާނަކު މަރުވެއްޖެ

Author
ހުސައިން
26 ފެބްރުއަރީ 2025 11:53
0

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުންގެ ފަރާތުން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓް ހިނގާފައިވަނީ މިދާކަށް ދުވަހު އާންމުންނަށް ހުޅުވާލެވުނު އައްޑޫ ބްރިޖުގައެވެ. މި ހާދިސާގައި ޒުވާނަކު ދުއްވަމުންދިޔަ ސައިކަލެއް މަރަދޫން ހިތަދޫއަށް ދިއުމަށް ބާރު ސްޕީޑުގައި ދުއްވަމުން ގޮސް، ބްރިޖުގެ ބެންޑު ހިސާބަށް އައިސް ކޮންޓްރޯލް ގެއްލި ބްރިޖުގެ ފެންސުގައި ޖެހުމުން ޒުވާނާ ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

އައްޑޫ ބްރިޖު އާންމުންނަށް ހުޅުވާލެވިފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.