ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަނީ ކޯޓަށް ނުފޫޒު ފޯރުވަން: ޑިމޮކްރެޓްސް

ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަނީ ކޯޓަށް ނުފޫޒު ފޯރުވަން: ޑިމޮކްރެޓްސް

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ އެ ކޯޓަށް ނުފޫޒު ފޯރުވުމަށް ހިންގޭ އަމަލެއް ކަމަށް ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި އިސްލާހާ ގުޅޭގޮތުން ޑިމޮކްރެޓްސްގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ، މިއީ ސަރުކާރުން ކޯޓަށާއި ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށެވެ. އަދި ކުރިން ސުޕްރީމް ކޯޓު ބަދަލުކުރާނެ ކަމުގެ ތުހުމަތުތަކަށް ސަރުކާރުން އިންކާރުކުރުމަށްފަހު، މިހާރު ކުއްލިގޮތަކަށް މި ބިލު ހުށަހަޅާފައިވުމަކީ ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ބެލުމުގެ ޖާގަ އޮތްކަމެއް ކަމަށެވެ.

ޑިމޮކްރެޓްސް އިން އިތުރަށް ފާހަގަކޮށްފައިވަނީ މި ބިލު ހުށަހެޅިފައިވަނީ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކާ ގުޅޭ މައްސަލައެކެވެ.

ޑިމޮކްރެޓްސް ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ "ކޯޓް ޕެކިން" އަކީ މަތީ ކޯޓުތަކުގެ ކޮންޓްރޯލް ހޯދުމަށް ގައުމުތަކުގެ ސަރުކާރުތަކުން އާންމުކޮށް ގެންގުޅޭ ސިޔާސީ އަމަލެއް ކަމަށާއި، ޚާއްސަކޮށް ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފަށް އަމަލުކުރަން ބޭނުންވާ ސަރުކާރުތަކުން މިފަދަ ކަންކަން ކުރާކަމަށެވެ.

މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން މަދުކުރުމަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ސައްތާރު ވިދާޅުވެފައިވަނީ، ދިވެހިންގެ "ފޮނި އުންމީދު" އެންމެ ރަނގަޅަށް ހާސިލުވާނީ ކުރީގައި ވެސް ސުޕްރީމް ކޯޓު އޮތް ގޮތަށް ބަދަލުކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. މި ބިލުގައި ފަނޑިޔާރުން ވަކިކުރާނެ ގޮތާއި މުއްދަތުގެ އިތުރުން އެ މަރުހަލާ އަވަސްކުރުމުގެ ކަންކަން ވެސް ހިމަނާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ