އަބުދުއްރަހީމްއާއި ރައީސް ބައްދަލު ކުރެއްވި ސަބަބުން ހާމަކޮށްފި

އަބުދުއްރަހީމްއާއި ރައީސް ބައްދަލު ކުރެއްވި ސަބަބުން ހާމަކޮށްފި

Author
ހުސައިން
20 ފެބްރުއަރީ 2025 07:49
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް މިއަދު ހެނދުނު ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަން ހުރި ބިލުތަކާ ގުޅޭގޮތުންނެވެ. އަދި މިފަދަ މަޝްވަރާ ބައްދަލުވުންތައް މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ބާއްވަމުން ގެންދެވި ކަމަށް ހީނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ބޭއްވުނީ ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުން ވަރަށް ބޮޑު ނުތަނަވަސްކަމެއްގައި އޮތް ކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. އަބްދުއްރަހީމަކީ ރައީސް މުއިއްޒު ރައީސްކަމުގައި ހުންނެވި ޕީއެންސީގެ ޗެއާޕާސަންވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.