މާލޭގައި ހިންގަމުންދާ ކުދި މާރުކޭޓުތަކެއް ބަލައި ފާސްކުރުމުގެ ތެރެއިން ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މާލޭގައި ހިންގަމުންދާ ކުދި މާރުކޭޓުތަކެއް ބަލައި ފާސްކުރުމުގެ ތެރެއިން ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގުޅުންހުރި

މާލޭގައި ހިންގަމުންދާ ކުދި މާރުކޭޓުތަކެއް ބަލައި ފާސްކުރުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނާގޮތުގައި، ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ދަށުން، މާލޭގެ ފަސް ކުދި މާރުކޭޓެއް ވަނީ ބަލައި ފާސްކޮށްފައެވެ.

ދާޚިލީ ވުޒާރާއާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. މިގޮތުން މިހާތަނަށް 6,076 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުން ނިސްބަތްވާ ޤައުމުތަކަށް އަނބުރާ ފޮނުވާލާފައެވެ.

އިމިގްރޭޝަނުން ވަނީ ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްވެސް ފަށާފައެވެ. އަދި "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ޤާއިމްކޮށް، މިހާތަނަށް 1,297 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާއިރު، އޭގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލައެވެ.

މީގެއިތުރުން، އޮޕަރޭޝަން ކުރަނގީގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް 43,294 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ. ދާޚިލީ ވަޒީރު ވިދާޅުވެފައިވާ ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ ވައުދާ އެއްގޮތަށް، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މި މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ނިމުމަކަށް ގެނެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ