ރަމަޟާން މަހަށް ހާއްސަކޮށް ގްރޭޓާ މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓްތައް ގާއިމްކުރަނީ

ރަމަޟާން މަހަށް ހާއްސަކޮށް ގްރޭޓާ މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓްތައް ގާއިމްކުރަނީ

ގުޅުންހުރި

އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން، ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް ގްރޭޓާ މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓްތައް ގާއިމްކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ހާމަކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ކޮންސަލްޓަންޓް ފާތިމަތު ނަޝްވާ ބަދީއު ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންނަށް ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައި މާލޭގެ އެކި ސަރަހައްދުތަކާއި ހުޅުމާލޭގެ ފޭސް 1 އަދި 2 ގައި ވަގުތީ މާރުކޭޓްތަކެއް ގާއިމްކުރުމަށް މަޝްވަރާކުރަމުން ގެންދެއެވެ.

އަތޮޅުތަކުގައި ކާބޯތަކެތީގެ އަގު ހިފެހެއްޓުމަށް އެ ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ 13 ފިހާރައެއްގެ ސްޓޮކް ބަލައި، ރަމަޟާން މަހަށް ބޭނުންވާ މިންވަރަށް ސްޓޮކް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ. އަދި އެއްވެސް ބާވަތެއް މަދުވެއްޖެނަމަ އެމްޓީސީސީ މެދުވެރިކޮށް ވީހާވެސް އަވަހަކަށް އެ ބާވަތެއް އެ ރަށަކަށް ފޯރުކޮށްދެވޭނެ ކަމަށް ނަޝްވާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކާބޯތަކެތީގެ އަގުތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންނާނެ އޮންލައިން ޕްލެޓްފޯމެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި ރޯދަ މަހަށް އަސާސީ ކާބޯތަކެތި އަވަހަށް ކްލިއަރކުރުމަށްޓަކައި އެމްޕީއެލް، ކަސްޓަމްސް، އެއަރޕޯޓް ކާގޯ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގއާ އެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ