އަބްދުއްރަހީމް މާލެ ވަޑައިގެންފި

އަބްދުއްރަހީމް މާލެ ވަޑައިގެންފި

Author
ހުސައިން
15 ފެބްރުއަރީ 2025 10:48
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުންގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި އިއްޔެ ރާއްޖެ ވަޑައިގެންފިއެވެ.

އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާގެ ރައީސް އަދި މަތިގެ ކަމަށްވާ ރާޖްޔަ ސަބާގެ ޗެއާމަންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިމަހުގެ 10 ވަނަ ދުވަހު ފެށުނު މި ދަތުރުފުޅުގައި އަބްދުއްރަހީމް ވަނީ ލޮކް ސަބާގެ ރައީސްއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީއާއި އަރުޝީފް އިތުރަށް ތަރައްގީކުރުމަށް ޑިޖިޓަލް އާކައިވްއެއް ގާއިމުކޮށްދިނުމަށް އެދިވަޑައިގަތުމުގެ އިތުރުން، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ލޮކް ސަބާގެ ރައީސްއަށް އަރުވާފައެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމާއި ބައެއް މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.