އީސީގެ ރައީސްކަމަށް ޒާހިދު، ނައިބު ރައީސްކަމަށް ޢަބްދުއްރަޙްމާން ޞަލާޙްގެ ނަން ހުށަހަޅުއްވައިފި

އީސީގެ ރައީސްކަމަށް ޒާހިދު، ނައިބު ރައީސްކަމަށް ޢަބްދުއްރަޙްމާން ޞަލާޙްގެ ނަން ހުށަހަޅުއްވައިފި

އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސް (އީސީ) ގެ ރައީސްކަމަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސްކަމަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.

ޒާހިދު އަދި ޞަލާޙްގެ ނަންފުޅުތައް ވަނީ 15 ޖަނަވަރީގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިސްތިސްނާ ޖަލްސާއިން ފާސްކުރެވި، 26 ޖަނަވަރީގައި ރައީސް ޑރ. މުޢިއްޒު އެ ދެ ބޭފުޅުން އީސީއެމްއަށް އައްޔަންކުރައްވާފައެވެ.

މި ދެ މަޤާމު ހުސްވީ، ކޮރަޕްޝަނާއި ބާރުގެ ނަހަމަ ބޭނުންކުރުމުގެ ފުޅާ ދާއިރާގެ ތުހުމަތުތަކާ ގުޅިގެން އީސީއެމްގެ ނައިބު ރައީސް އަލީ ނަޝާތު އަދި މެންބަރު މުޙައްމަދު އާސިފް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން، ރައީސް ޑރ. މުޢިއްޒު ވަނީ އީސީއެމްގެ 5 މެންބަރުންގެ ތެރެއިން ރައީސް އަދި ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އައްޔަންކުރެއްވުމަށް ލާޒިމުކޮށްފައެވެ.

ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ނަންފުޅުތައް ވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *