އިންޑިއާގެ ލޮކްސަބާގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވަނީ

އިންޑިއާގެ ލޮކްސަބާގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވަނީ

Author
ހުސެއިން
10 ފެބްރުއަރީ 2025 12:42
0

އިންޑިއާގެ ލޮކްސަބާގެ ރައީސް ޝްރީ އޯމް ބިރްލާގެ ދަޢުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށްޓެވުމާއެކު އަބްދުއްރަހީމް ވަނީ އިންޑިއާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ރިޔާސަތު ވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ހަވާލުކުރައްވާފައެވެ.

އިންޑިއާގެ ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މަޖިލީހުގެ ވަފުދަކާއެކު އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމަށް ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރާ ދަތުރެއްކަން ފާހަގަކޮށްފައިވެއެވެ. މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަކީވެސް މިއީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.