އަކްރަމް ކަމާލުއްދީނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލާއިފި

އަކްރަމް ކަމާލުއްދީނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލާއިފި

ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މައްސަލަ ހައިކޯޓުން މިއަދު ބޭރުކޮށްލާއިފިއެވެ. މިއީ މިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅޭ މައްސަލައެކެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު ވަނީ އެ ސްކީމްގައި އިސްކޮށް އުޅުނު ހަތަރު ފަރާތެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެފައެވެ. އެ އަމުރުގެ މުއްދަތު ހަމަވުމުން، ޖަނަވަރީ 19 އިން ފެށިގެން ފެބްރުއަރީ 18 އާ ހަމައަށް އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އިތުރު އަމުރެއް ނެރުނެވެ.

އަކްރަމްގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުގައި ފާހަގަކުރެއްވި ގޮތުގައި، އެއްވެސް އިރެއްގައި ތަޙުޤީޤަކުން ނުވަތަ ޝަރީޢަތަކުން ފިލައިގެން ގޮސްފައިނުވާ އަދި ސިޔާސީ މައިދާނުގައި ހާމަކަމާއެކު ޙަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައި، މި މައްސަލައިގެ ތުހުމަތުތަކަށް ވެސް ފާޅުގައި ޖަވާބުދާރީވަމުން ގެންދަވައެވެ. އަދި އެއް އަހަރު ވަންދެން ކުރިއަށްދާ ތަޙުޤީޤުގައި އެކަށީގެންވާ ހެއްކެއް ނެތްކަމަށާއި، ޕާސްޕޯޓު ހިފެހެއްޓުމަށް އެދުނުއިރުވެސް އާ ހެކި ހުށަހަޅާފައިނުވާކަމަށް ވިދާޅުވިއެވެ.

އޭސީސީން ޕާސްޕޯޓު ހިފެހެއްޓުމަށް އެދުނު ސަބަބެއްގެ ގޮތުގައި، އަކްރަމްގެ ބޭންކް ސްޓޭޓްމަންޓްތަކާއި ބޭރު ދަތުރުތަކުގެ ތަފްސީލްތަކަށް ބަލާއިރު ރާއްޖެއިން ބޭރަށް ދިއުމުގެ ޤާބިލުކަން ހުރިކަން ފާހަގަކުރިއެވެ. ނަމަވެސް އަކްރަމް ވިދާޅުވި ގޮތުގައި މިއީ އޭނާ ތަޙުޤީޤަށް އެއްބާރުލުން ނުދީ ފިލައިގެން ދާން އުޅޭކަން ސާބިތުކޮށްދޭ ހެއްކެއް ނޫނެވެ. މި މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާ ވަނީ ބޭރުކޮށްލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *