މާފަންނު ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިއްޖެ

މާފަންނު ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިއްޖެ

Author
ހުސައިން
09 ފެބްރުއަރީ 2025 01:29
0

މިއަދު މާލޭގެ މާފަންނު ސަރަހައްދުގައި ހުރި މ. ހައުސްޕްލާޒާގައި ކުނިތަކެއްގައި އަލިފާން ރޯވުމުގެ ސަބަބުން ހިނގި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ދެ ގެއެއްގެ ފެންހޮޅިތަކަށް ލިބުނު ގެއްލުމާ ގުޅިގެން 55 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިއްޖެއެވެ. އެ މީހުންގެ ތެރޭގައި 20 ބިދޭސީން ހިމެނޭކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މަޢުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފްގެ ފަޔާފައިޓަރުންނަށް މި ހާދިސާގެ މަޢުލޫމާތު ލިބުނީ ހެނދުނު 6:35 ގައެވެ. ވަގުތުން އެ ސަރަހައްދަށް ދިޔަ ފަޔާފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތް ފެށި، ގާތްގަނޑަކަށް އެއްގަޑިއިރު ތެރޭގައި، 7:47 ގައި އަލިފާން ވަނީ މުޅިން ނިއްވާލެވިފައެވެ. އެމްއެންޑީއެފްގެ ފަރާތުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގީ ގޭގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.