ސައިކަލަކާއި އެމްބިއުލާންސެއް ޖެހި އެކްސިޑެންޓެއް ވެއްޖެ

މާލޭގައި މިރޭ އިރާކޮޅު ހިނގި ހާދިސާއެއްގައި ސައިކަލަކާއި އެމްބިއުލާންސެއް ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ ޓީމުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ފަހުން އަލިފާން ރޯވި ހައުސިންގ މިނިސްޓްރީގެ އިމާރާތް ހުރި ބިމާ ކައިރީގައި އަމީނީ މަގުންނެވެ.

މި ހާދިސާގައި ސައިކަލު ދުއްވި ފަރާތުގެ ނިއްކުރިއަށް އަނިޔާވެ، އައިޖީއެމްއެޗުން އެ ފަރާތަށް ފަރުވާ ދީފައިވާކަން ފުލުހުން ހާމަކުރިއެވެ. ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި މީހަކު ނަގާފައިވާ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ. އެ ވީޑިއޯގައި ފެންނަނީ އެމްބިއުލާންސްގައި ޖެހި ސައިކަލު ވެއްޓިފައި އޮތް މަންޒަރެވެ. ނަމަވެސް އެ ވީޑިއޯގައި ސައިކަލު ދުއްވި މީހާ ފެންނާކަށް ނެތެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާގައި ބައިވެރިވި ދެ އުޅަނދަށްވެސް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ދެ އުޅަނދު ވެސް ދުއްވާފައިވަނީ އެކަމުގެ ލައިސަންސް އޮތް ދެ މީހުން ކަމަށެވެ. މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *