ރިޔާސީ ބަޔާން 2025: މިއަހަރު ރާއްޖޭގެ އިޤްތިޞާދު 6.4 އިންސައްތަ ކުރިއަށް އަރާނެ

ރިޔާސީ ބަޔާން 2025: މިއަހަރު ރާއްޖޭގެ އިޤްތިޞާދު 6.4 އިންސައްތަ ކުރިއަށް އަރާނެ

މިއަހަރު ރާއްޖޭގެ އިޤްތިޞާދު 6.4 އިންސައްތަ ކުރިއަށް އަރާނެ ކަމަށް އަންދާޒާކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވަމުން، އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، އެއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ދިވެހިންނަށް ވެލާނާ އެއަރޕޯޓުން ފުރާއިރު ދޫކުރާ ޑޮލަރުގެ އަދަދު ދެގުނަ ކުރައްވާނެ ކަމަށެވެ. ބޭރުފައިސާގެ ޤާނޫނު ތަންފީޒުވާން ފެށުމުން ވެލާނާ އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ދޫކުރަމުންދާ 500 ޑޮލަރު 2026 ގެ ފުރަތަމަ ކުއާޓަރުގައި 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށާއި، އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ. މިއީ ޤާނޫނު ތަންފީޒުވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި، ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންކަން ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *