ރިޔާސީ ބަޔާން 2025: ރައީސް މުއިއްޒުއަށް މަރުހަބާ ދެންނެވީ މަޖިލިސް ރައީސް އަބުދުއްރަހީމް

ރިޔާސީ ބަޔާން 2025: ރައީސް މުއިއްޒުއަށް މަރުހަބާ ދެންނެވީ މަޖިލިސް ރައީސް އަބުދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނަށް މަރުހަބާ ދެންނަވައިފިއެވެ. މި މަރުހަބާ ދެންނެވުމުގައި ރައީސްގެ ދެކަނބަލުންގެ އިސްތިގުބާލުގައި ތިއްބެވީ އަބްދުއްރަހީމްގެ ދެކަނބަލުންނެވެ.

ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ދެމެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދި، ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި މިފަދަ މަރުހަބާއެއް ދެންނެވުމަށް އަބްދުއްރަހީމް ނުކުމެވަޑައިގެންނެވިކަން ފާހަގަކުރެވެއެވެ. އިއްޔެ ބޭއްވުނު ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައިވެސް އަބްދުއްރަހީމް ބައިވެރިވެ ވަޑައިނުގަންނަވައި، މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ރިޔާސަތު ބަލަހައްޓަވައިގެން ކުރިއަށް ގެންދެވިއެވެ.

މި ޚިޔާލު ތަފާތުވުންތަކާ ގުޅިގެން، އަބްދުއްރަހީމާ ގުޅުންހުރި ބައެއް ފަރާތްތައް ސަރުކާރުގެ މަޤާމުތަކުން ވަކިކުރެވިފައިވެއެވެ. މިގޮތުން، އަބްދުއްރަހީމްގެ ދަރިކަލުން، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިދިޔަ އަންގާރަ ދުވަހު ކުއްލިގޮތަކަށް މަޤާމުން ވަކިކުރެވުނެވެ. އަދި އޭގެ ހަފްތާއެއް ނުވަނީސް، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހީމްވެސް މަޤާމުން ވަކިކުރެވުނެވެ. ވަޖީހަކީ އަބްދުއްރަހީމްގެ ދަރިކަނބަލުންގެ ބަފައެވެ. ވަޖީހުގެ ދަރިކަލުން އަހުމަދު ހިޝާމް ވަޖީހު މިވަގުތު ހުންނެވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަޤާމުގައެވެ. މި ދެ ބޭފުޅުން މަޤާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *