އުޒްބަކިސްތާން އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

އުޒްބަކިސްތާން އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

Author
ޢަލީ އާދަމް
30 ޑިސެމްބަރ 2020 03:13
0

އުޒްބަކިސްތާންގެ ޤައުމީ އެއަރލައިން، އުޒްބަކިސްތާން އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ހުއްޓާލާފައިވާ ދަތުރުތައް އުޒްބަކިސްތާން އެއަރވޭސް އިން އަލުން ރާއްޖެއަށްފެށީ އިއްޔެއެވެ.

އެ އެއަރލައިނުން ވީއައިއޭއަށް ޖެއްސި ފުރަތަމަ ފްލައިޓުގައި 266 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އުޒްބަކިސްތާން އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ އުޒްބަކިސްތާންގެ ވެރިރަށް ތަޝްކެންޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

އެ އެއަރލައިނުން ރާއްޖެއަށް އަދި ކުރަން ހަމަޖެހިފައި ވަނީ ހަފްތާއަކު ދަތުރެކެވެ.

އުޒްބަކިސްތާން އެއަރލައިނުން އާންމުކޮށް ރާއްޖެއަށް ދަތުރުކުރަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ފިނިމޫސުމާއި އައު އަހަރުގެ ޗުއްޓީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަންކަމަށް ޒަމާނުއްސުރެ ވެފައި އޮންނަނީ ޑިސެމްބަރުމަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.