އަންނަ ހަފްތާގައި 12 ބައި-އިލެކްޝަނެއްގެ ވޯޓުލުން އޮންނާނެ

އަންނަ ހަފްތާގައި 12 ބައި-އިލެކްޝަނެއްގެ ވޯޓުލުން އޮންނާނެ

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ވޯޓުނެގުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަނީ 11,325 ވޯޓު ކަރުދާސް ޗާޕުކޮށްފައެވެ. މި ވޯޓު ކަރުދާސްތައް ޗާޕުކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.

2025 ފެބުރުވަރީ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި، ހދ. މަކުނުދޫ ކައުންސިލްގެ މެންބަރަކު ހޮވުމަށް 1,309 ވޯޓު ކަރުދާހާއި، ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރަކު ހޮވުމަށް 789 ވޯޓު ކަރުދާސް ޗާޕުކޮށްފައިވެއެވެ. މީގެއިތުރުން، އެކި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ވޯޓު ކަރުދާސް ޗާޕުކޮށްފައިވެއެވެ. މިގޮތުން، ހދ. ހިރިމަރަދޫއަށް 420، ނ. މިލަދޫއަށް 1,479، ރ. އިންނަމާދޫއަށް 631، ބ. ގޮއިދޫއަށް 632، އދ. ހަންޏާމީދޫއަށް 525، ދ. ހުޅުދެއްޔަށް 691، ލ. ގަމަށް 3,700، ތ. ބުރުންޏަށް 429، އަދި ގއ. ކަނޑުހުޅުދޫއަށް 720 ވޯޓު ކަރުދާސް ޗާޕުކޮށްފައިވެއެވެ.

މި އިންތިޚާބަށްފަހު 28 ރަށެއްގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން ހޮވިގެންދާނެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާގޮތަށް، 2022 ވަނަ އަހަރު ވަނީ ޤާނޫނަށް އިސްލާހު ގެނެސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *