މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި ކަދުރު ބަހާ ނިމިއްޖެ

މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި ކަދުރު ބަހާ ނިމިއްޖެ

މިއަހަރުވެސް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅުނު އަދަދުގެ ކަދުރު ބަހައި ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ހާމަކޮށަފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ކަދުރުތައް ރަމަޟާން މަސް ފެށުމުގެ ކުރިން ބަހައި ނިންމުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން މިސްކިތްތަކުގައި އިފްތާރު ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށްވެސް ކަދުރުން ބައެއް ދޫކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޯދަމަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާކުރުމަކީ ދިގު ޒަމާންތަކެއް ވަންދެން ކުރިއަށް ގެންދެވެމުން އަންނަ ކަމެކެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަދުރު ބެހުމުގެ ކަންތައް ކުރިއަށް ގެންދެވުނު ގޮތަށް ގިނަ ބައެއްގެ ތަޢުރީފާއި ތާއީދު ލިބެމުން ދިޔަ ނަމަވެސް، މިހާރަކަށް އައިސް ކަދުރު ބެހުމުގައި އަމަލުކުރެވޭ ގޮތާމެދު އާންމުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *