މައުލޫމާތު ހޯދުމަށް ހުށަހެޅި މިންވަރު އަންގައިދޭ އަހަރީ ރިޕޯޓު ހުށަހަޅާފައިވަނީ ސަރުކާރުގެ އެންމެ 40 އިންސައްތަ އިދާރާއަކުން

މައުލޫމާތު ހޯދުމަށް ހުށަހެޅި މިންވަރު އަންގައިދޭ އަހަރީ ރިޕޯޓު ހުށަހަޅާފައިވަނީ ސަރުކާރުގެ އެންމެ 40 އިންސައްތަ އިދާރާއަކުން

Author
ހުސައިން
03 ފެބްރުއަރީ 2025 08:39
0

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާމަކުރި ގޮތުގައި، މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ސަރުކާރުގެ އިދާރާތަކަށް މައުލޫމާތު ހޯދުމަށް ހުށަހެޅި މިންވަރު އަންގައިދޭ އަހަރީ ރިޕޯޓު ހުށަހަޅާފައިވަނީ އެންމެ 40 އިންސައްތަ އިދާރާތަކުންނެވެ.

ޤާނޫނުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ޖެނުއަރީ 31 ގެ ކުރިން، މައުލޫމާތު ހޯދުމަށް އެދުނު މިންވަރާއި، އެ މައުލޫމާތު ދޫކުރުމުގައި އަމަލުކުރެވުނު ގޮތުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ހުރިހާ ސަރުކާރު އިދާރާތަކުން އައިކޮމްއަށް ހުށަހަޅަންޖެހެއެވެ. ނަމަވެސް މި މުއްދަތު ހަމަވިއިރު، 383 އިދާރާއިން އެކަނި މި ރިޕޯޓު ހުށަހަޅާފައިވާކަން އައިކޮމްއިން އެކްސްގައި ހާމަކުރިއެވެ.

އައިކޮމްއިން އިތުރަށް ހާމަކުރި ގޮތުގައި، ރިޕޯޓު ހުށަނާޅާ އިދާރާތަކުގެ ތެރޭގައި ރައީސް އޮފީސް، ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓްރީ ފަދަ މުހިންމު އިދާރާތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.