އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރުކަމަށް ރަޖިސްޓްރީ ކުރެވޭނެގޮތް ހަމަޖެއްސުމަށް މަޝްވަރާކޮށްފި

އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރުކަމަށް ރަޖިސްޓްރީ ކުރެވޭނެގޮތް ހަމަޖެއްސުމަށް މަޝްވަރާކޮށްފި

އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރުކަމަށް ރަޖިސްޓްރީ ކުރެވޭނެގޮތް ހަމަޖެއްސުމަށް އިލެކްޝަން ކޮމިޝަނުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާ އެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރުކަމަށް ރަޖިސްޓްރީ ކުރެވޭނެ ގޮތެއް ހަމަޖެއްސުމެވެ.

އިލެކްޝަން ކޮމިޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މި މަޝްވަރާތަކުގައި އީ-ފާސް މެދުވެރިކޮށް ޕާޓީތަކުގައި ރަޖިސްޓްރީ ކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކާ މެދު ވަނީ މަޝްވަރާކުރެވިފައެވެ. އަދި މިހާރު ވަނީ ޕާޓީތަކުގައި ރަޖިސްޓްރީވުމަށް ބޭނުންކުރާނެ ޕޯޓަލްއެއް ޑިޒައިންކޮށް ނިމިފައެވެ. މި ޚިދުމަތް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ޕާޓީތަކަށް މެންބަރުން ވެއްދުމަށް ބޭނުންކުރަމުން އައި ކަރުދާސް ފޯމު ބަލައިގަތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ވަނީ ހުއްޓާލާފައެވެ. މި ނިންމުން ނިންމި އިރު، ވެރިކަންކުރާ ޕާޓީ ކަމުގައިވާ ޕީއެންސީން ވަގު ފޯމުތަކެއް ހުށަހެޅި މައްސަލަ ފާހަގަވެ، އެ މައްސަލަ އިލެކްޝަން ކޮމިޝަނުން ދަނީ ބަލަމުންނެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވި ގޮތުގައި އީ-ފާސް މެދުވެރިކޮށް ޕާޓީތަކުގެ މެންބަރުކަމަށް ރަޖިސްޓްރީ ކުރެވޭ ގޮތް ހަމަޖެހުމުން، މީހުންގެ ރުހުމާ ނުލައި ޕާޓީތަކަށް ވައްދާ މައްސަލައަށް ހައްލެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން ޕާޓީތަކުގެ ދަފުތަރުގެ ޞައްހަކަން އިތުރަށް ކަށަވަރުކުރެވިގެންދާނެ ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރެއްވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *