އަބްދުއްރަހީމްގެ ތައުރީފް ދަރިފުޅަށް: ފައިސަލް ޚިދުމަތްކުރީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު، ނަތީޖާ ނެރެދެއްވި

އަބްދުއްރަހީމްގެ ތައުރީފް ދަރިފުޅަށް: ފައިސަލް ޚިދުމަތްކުރީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު، ނަތީޖާ ނެރެދެއްވި

Author
ހުސައިން
28 ޖެނުއަރީ 2025 06:48
0

މިއަދު ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، ފައިސަލްގެ ޚިދުމަތްތަކަށް ތަޢުރީފުކުރައްވާފައެވެ.

އެގޮތުން އަބްދުއްރަހީމް ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ފައިސަލްވަނީ އޭނާގެ މަޤާމުގައި ހުންނަވައިގެން އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރައްވައި، ނަތީޖާ ނެރެދެއްވައި، ދާއިރާގެ އިތުބާރާއި ލޯތްބާއި ހޯއްދަވާފައެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވެފައިވަނީ، "އަޅުގަނޑުގެ ދަރިފުޅު އިބްރާހީމް ފައިޞަލަށްޓަކައި އަޅުގަނޑާ އަޅުގަނޑުގެ ޢާއިލާ ފަޚުރުވެރިވަން. މާތް الله ދަރިފުޅު ފައިޞަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރުކުރައްވާ މާ އުޖާލާ މާދަމާއެއް ދައްކަވާށި. އާމީން" މިފަދައިންނެވެ.

ލިބިފައިވާ މަޢުލޫމާތުގެ މަތިން، ފައިސަލް މިއަދު ހެނދުނު އޮފީހަށް ވަޑައިގަތުމަށްފަހު ވަނީ މަޤާމުން ވަކިކުރައްވާފައެވެ. ފައިސަލް ވަކިކުރެއްވުމާ ގުޅިގެން، ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާ ހަވާލުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.