އެމްޓީސީސީގެ ޑީއެމްޑީއަކަށް ޝަރީފް އައްޔަންކޮށްފި

އެމްޓީސީސީގެ ޑީއެމްޑީއަކަށް ޝަރީފް އައްޔަންކޮށްފި

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އައްޔަންކޮށްފިއެވެ.

ޝަރީފްވަނީ މިދިޔަ ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ނަން އެގްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އޭނާ އެ މަގާމާ ހަވާލުވީ 2021ވަނަ އަހަރުގެ ސެޕްޓެންބަރު 16ގައެވެ.

މިހާރު އެ ކުންފުނީގެ ވެބްސައިޓުން ދައްކާ ގޮތުގައި ސަރުކާރުން އައްޔަންކޮށްފައިވާ މެމްބަރުންގެ ގޮތުގައި ތިއްބެވީ އެމްޑީ އަހުމަދު ސައުދީއާއި، ޑީއެމްޑީ މުހައްމަދު ޖަމްޝީދުގެ އިތުރުން ދެ ޑިރެކްޓަރުން ކަމަށްވާ އަލީ ނާއިލާއި ސިނާން އަލީއެވެ.

ރައްޔިތުންގެ ފަރާތުން އައްޔަނުކޮށްފައިވާ ނަން އެގްޒެކިއުޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ ނަސްރަތު މުހައްމަދާއި މުހައްމަދު އިމްރާން އަދުނާނެވެ.

މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައިވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު މަގާމުން ވަކިކޮށްފައެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރީ 2023ވަނަ އަހަރުގެ 28 ނޮވެންބަރުގައެވެ. އޭގެ ފަހުން އެ މަގާމަށް ބޭފުޅަކު އައްޔަނެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *