ޑިމޮކްރެޓްސް ވާނީ ރާއްޖޭގެ އެންމެ ސާފު ސިޔާސީ ޕާޓީ ކަމުގައި: އިމްތިޔާޒު

ޑިމޮކްރެޓްސް ވާނީ ރާއްޖޭގެ އެންމެ ސާފު ސިޔާސީ ޕާޓީ ކަމުގައި: އިމްތިޔާޒު

Author
ހުސައިން
26 ޖެނުއަރީ 2025 10:56
0

އިމްތިޔާޒް ފަހުމީ މިރޭ ޑިމޮކްރެޓިކް ޕާޓީގެ ރައީސްކަމަށް އިންތިޚާބުވުމާ ގުޅިގެން، ޑިމޮކްރެޓްސްއަކީ ދިވެހިރާއްޖޭގެ އެންމެ ސާފު ސިޔާސީ ޕާޓީ ކަމުގައި ވިދާޅުވެއްޖެއެވެ. އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ޕާޓީ އުފެދުނީއްސުރެ އަދި މިހާރުވެސް ސައްހަ މެމްބަރޝިޕްއެއް ދަމަހައްޓަމުން ގެންދާކަން އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ފާހަގަކޮށްފައެވެ.

މިހާރުގެ ތަޣައްޔަރުވެފައިވާ ސިޔާސީ މާހައުލުގައި އާންމު ރައްޔިތުން ބޭނުންވަނީ ސާފު ޕާޓީއެއްކަން އިމްތިޔާޒް ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ މާހައުލު ސާފުކުރެވޭނީ އެތެރެއިން ވެސް ސާފުވެފައިވާ ޕާޓީއަކަށް ކަމަށް ވިދާޅުވެ، އެމަގުން ކުރިއަށް ދިއުމުގެ ޔަގީންކަން ދެއްވިއެވެ.

އިމްތިޔާޒް އިތުރަށް ވިދާޅުވި ގޮތުގައި، ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންގެ ތާއީދު ހޯދާނީ ސިޓީ އުރައިގައި ދޭ ފައިސާއަކުން ނުވަތا ނުޙައްޤު ގޮތުގައި ވަޒީފާ ދިނުމަކުން ނޫނެވެ. އޭގެ ބަދަލުގައި ޕާޓީގެ ހަރުދަނާކަމުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރާނެ ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.