އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް މުއުމިނާ ޢައްޔަނުކުރައްވައިފި

އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް މުއުމިނާ ޢައްޔަނުކުރައްވައިފި

Author
ހުސައިން
26 ޖެނުއަރީ 2025 10:40
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް، މ. ޖިއެނާ، މުއުމިނާ ވަޙީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް މުއުމިނާ ވަޙީދު ޢައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2006)ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.

މުއުމިނާ ވަޙީދު، މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރެޓައިޒޭޝަން އޭޝިއާ ޕެސިފިކް، ހާސިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސިޑްނީ އިންނެވެ. މުއުމިނާ ވަޙީދު މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުގެ މަޤާމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.